މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ޙަފްލާ ރޭ ދަރުބާރުގޭގައި ބާއްވަވައިފި

28 ޖުލައި 2010

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބޭއްވެވި ރަސްމީ ޙަފްލާ ރޭ ދަރުބާރުގޭގައި ބާއްވަވައިފިއެވެ.

މި ޙަފްލާގައި، ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ބައްދަލުކުރައްވައި މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.