ރައީސް ނަޝީދު 2013 ކެންޕޭން ގެ ހަރަކާްތްތްކުގެ ތެރެއިން އެމްޑީޕީ “އެއްބުރުން” ބިލްބޯޑް ހަރުކުރުމުގެ ހަރަކާތްތަކެއް މިއަދާއި މިރޭ 6 ސަރަހައްދެއްގައި ކުރިއަށް ދާނެއެވެ.
މިއަދާއި މިރޭ(24 ޖުލައި 2013) ބިލްބޯޑުތައް ހަރުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:
ހުޅުހެންވޭރު ދާއިރާގައި ހުޅުމާލޭ ފެރީ ޓާރމިނަލް ކައިރި،
ހެންވޭރު ދެކުނު ދާއިރާގައި ބިލްބޯޑު ހަރުކުރުމަށް ހަމަޖެހިފައިވަނީ ހ.ކުންނާރުމާގޭގަ،
ގަލޮޅު ދެކުނުގެ ބޯޑު ހަރުކުރުން ކުރިއަށް ދާނީ ގަލޮޅު މަދަރުސާ، ލޮނުޒިޔާރަތް މަގު ކަންމަތީގަ،.
މައްޗަންގޯޅި ދެކުނު އަހްމަދިއްޔާ ސްކޫލް ކައިރީ އިންނަ އެމްޑީޕީ ޖަގަހަ ކައިރިީގަ،
ގަލޮޅު އުތުރު ދައިރާގައި 80 ނަމްބަރ، މަޖީދީމަގު ކުރިމަތީ މއ. ޖަންބުގަސްދޮށުގޭގައި،
މާފަަންނު ވައިޓް ކޮރަލް ކަންމަތި، މިރިޔާސް މަގު،
އަދި ޖަވާހިރު މަގު ހަތަރު އަނގޮޅީގައެވެ.