އެމްޑީޕީގެ ވަރަށް ޚާއްސަ ޖަލްސާއެއް މާދަމާރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެ

27 ޖުލައި 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރަށް ޚާއްސަ ޖަލްސާ އެއް މާދަމާރޭ އެޕާޓީގެ ހަރުގޭގައި އޮންނާނޭ ކަމަށް އެމްޑީޕީ އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ ފެށޭނީ މާދަމާރޭ (28 ޖުލައި 2010 ވާ ބުދަ ދުވަހުގެރޭ) 9.00 ގައެވެ.
މި ޖަލްސާ އަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެޕާޓީއަށް ތާޢީދުކުރާ ފަރާތްތަކާއި، ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެޕާޓީ އިން އެދެއެވެ.