ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތޮފާ ލުތުފީ “ނެތޭވެވޭކަށް ބާޣީއަކަށް” ދަތުރުފުޅުގެ ފުރަތަމަ ދުނި ނިންމަވާ މިއަދު މާލެ ވަޑައިގަންނަވައިފި

BP11BjhCYAAsKzi.jpg_large

ލިޔުނީ: ޝަހީދާ

ދިވެހި ރައްޔިތުންގެ ޑިމޮކުރަޓުކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެޑިޑޭޓް ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ.މުސްތޮފާ ލުތުފީ “ނެތޭ ވެވޭކަށް ބާގީއަކަށް” ފުރަތަމަ ދުނި ނިންމަވާ މިއަދު (23 ޖުލައި 2013) މާލެ ވަޑައިގަންނަވައިފިއެވެ.

މިފަހަރުގެ “ނެތޭވެވޭކަށް ބާޣީއަކަށް”ދަތުރުފުޅުގައި ޑރ. މޮސްތޮފާ ލުތުފީ ޒިޔާރަތް ކުރެއްވީ ހއ.އިހަވަންދޫ، ދިއްދޫ ހދ. ކުޅުދުއްފުށި ށ. ފުނަދޫ އަދި ނ. މަނަދޫއަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި “އެއްބުރުން” ރައީސް ނަޝީދު ހޮވުމަށްޓަކައި އެމްޑީޕީއިން މިހާތަނަށް ކުރަމުން އައި ކެންޕެއިން މަސައްކަތް ތަކުގެ އިތުރުން މިފަހަރުގެ ދަތުރުފުޅުތަކުގައި ތަފާތު އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވިއެވެ. މިގޮތުން މި ރަށްތަކުގައި ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގެ ބިލްބޯޑް އަދި ބަޣާވާތާއި ގުޅޭ ބިލްބޯޑް ހަރުކުރުން ކުރިޔަށް ގެންދަވާ، 7 ފެބްރުއަރީ ގައި ހިންގި ބަޣާވާތާއި ގުޅޭގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތް ބެހުމާއި ސީޑީ ބެހުން ކުރިޔަށް ގެންދެވިއެވެ. އަދި އާއްމުކޮށް ބޭއްވި ޖަލްސާތަކާއި ކަންމަތި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންގެ ވެސް ވާހަކަފުޅު ގެންދެވީ “ނެތޭވެވޭކަށް ބާޣީއަކަށް” ޝިޢާރާއި ގުޅުވައިގެންނެވެ.

ޑރ. މުސްތަފާ ލުތުފީ މިއަދު މާލެއަށް ވަޑަައިގަތުމަށްފަހު މާލެ ސިޓީއިން ހުޅުމާލެ، ވިލިގިނލީގައި (ނެތޭވެވޭކަށް ބާޣީއަކަށް) ޖަލްސާ ބޭއްވެވުމަށްފަހު 26 ޖުލައި 2013ގައި އެމަނިކުފާނު ދެން ފުރައިވަޑައިގަންނަވާނީ ޅ. ނައިފަރު، ހިންނަވަރު، މާލެ ސިޓީއިން ހުޅުމާލެ، ވިލިނގިލި، ރ. އުނގޫފާރު، ބ. އޭދަފުށި، ކ. ކާށިދޫ، ގުރައިދޫ އއ. އުކުޅަސް، އދ. މާމިނގިލި، ކ. މ. ދިއްގަރު، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، ގައްދޫ، ގއ. ދާންދޫ، ގއ. ކޮލަމާފުށި، ވިލިނގިލި، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީއަށެވެ. މިއަށްފަހު މާލެ ސިޓީއިން މާލޭގައި ޖަލްސާތައް ކުރިޔަށް ގެންދަވާގޮތަށް ވަނީ ހަނމަޖެހިފައެވެ.

ރަނިންގމޭޓު ޑރ. މުސްތަފާ ލުތުފީއާއި އެކު މި ދަތުރުފުޅު ތަކުގައި ބައިވެރިވެވަޑައިގަންނެވީ އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، އެމްޑީޕީ ސަރުކާރުގެ އެޑީއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދާއި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙުމަދު ނަސީމާއި އަދި މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާޙިމް އަޙުމަދުއެވެ. އަދި މީގެ އިތުރުން ދާއިރާތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.