ތަހުނިޔާ ދެންނެވުން: މިނިވަން ދުވަހުގެ މުނާސަބާ

ދިވެހިރާއްޖޭގެ 45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި، ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީގެ ނަމުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ދެކަނބަލުންނަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި އުފާވެރި މިނިވަން ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަމެވެ.
ރައީސް ނަޝީދުގެ ޒަޢާމަތުގެ ދަށުން ރާއްޖެއަށް އިތުރު ކާމިޔާބީ އާއި ތަނަވަސްކަން މިންވަރުކޮށްދެއްވައި، ފާގަތި މުސްތަޤްބަލެއް ދެއްވާށިއެވެ.