ސަލްމާން ޚާންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ފަރިއްކޮޅެއް ދެއްވައިފި

25 ޖުލައި 2010

އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މެންދުރު ފަރިއްކޮޅެއް ދެއްވައިފިއެވެ. ތާޖް އެގްޒޯޓިކާ ރިޒޯޓް އެންޑް ސްޕާގައި ބޭއްވެވި މި ފަރިއްކޮޅުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ބައެއް ފަންނާނުންވެސް ބައިވެރިވިއެވެ.