މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނީ މާދަމާ ހެނދުނު ބާއްވަވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި

25 ޖުލައި 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާ ހެނދުނު 6 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވަވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.