ޔާމީން އާރަށުން ގެއަށް ބަދަލުކޮށްފި

ސިފައިންގެ ހިމާޔަތުގައި އާރަށުގައި ބަހަށްޓަވާފައި ހުންނެވި ޕީއޭގެ ރައީސް އަދި މުލަކުދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން މިއަދު 12 ޖަހާ އެހާކަންހާއިރު އާރުން ގެއަށް ބަދަލުކުރައްވައިފިއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުން މިއަދު ވިދާޅުވެފައިވަނީ ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވި ނަމަވެސް ޔާމީނަށް ސިފައިން ހިމާޔާތް ދެއްވާނެ ކަމަށެވެ.
ޢަބްދުﷲ ޔާމީން އާރުން ގެއަށް ބަދަލު މިކުރެއްވީ އޭނާ ދޫކޮށްލުމަށް އެހެން ނޫނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެމެރިކާއިން ދިވެހި ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
ސިފައިންގެ ބެއްލެވުމުގެ ދަށުން ޢަބްދުﷲ ޔާމީނަށް ހިމާޔަތް ދެއްވުމަށް އާރަށަށް ގެންދެވިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ގައެވެ.