ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އަޅަން ގަސްދުކުރާ ފިޔަވަޅު ތަކާ ބެހޭ ގޮތުން އެމްޑީޕީން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހިންގާ ޕްރޮގްރާމް ރައީސް ނަޝީދު މިރޭ އިފްތިތާޙް ކޮށްދެއްވާނެ

18 އޮގަސްޓް 2009

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަން ގަސްދުކުރާ ފިޔަވަޅު ތަކާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެމްޑީން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް މިރޭ ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވާނެއެވެ. މިޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ޖަލްސާ އޮންނާނީ ކަލާފާނު ސްކޫލުގައެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ރަޝީދު އާއި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، އެޕާޓީގެ ޕާރލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާމަނިކުގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަފުޅު ދައްކަވާނެއެވެ.