ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓާ މިއަދު ބައްދަލުކުރައްވައިފި

22 ޖުލައި 2010

264939da0c6ae8ee7e5fc5b434a4024e

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ރޮބަރޓް ބްލޭކާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މިކަން ޙައްލުކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ ބެހޭގޮތުން ރައީސުލްޖުމްހުރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
މީގެއިތުރުންވެސް، ދެޤައުމުގެ ދެމެދުގައި، އެހެން ބައެއް ދާއިރާތަކުން ޚާއްޞަކޮށް، ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މިސްޓަރ ބްލޭކް ރާއްޖެއަށް މިކުރައްވާ ޒިޔާރަތުގައި، ސަރުކާރާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއެކު މަޝްވަރާތައް ބާއްވަވާގޮތަށްވަނީ ހަމަޖެހިފައެވެ.