ރައީސުލްޖުމްހޫރިއްޔާ، ސްވިޑްންގެ އޮނަރަރީ ކޮންސުލްއާ މިއަދު ބައްދަލުކުރައްވައިފި

22 ޖުލައި 2010

3da972c3ec85b6f3cc5306acf034fd23

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޑްންގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް މިސްޓަރ ސެލްވެޓޯރީ ގްރިމަލްޑީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސްވިޑްންއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމާއި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.