“ނެތޭ ވެވޭކަށް ބާޣީއަކަށް” މިނަމުގައި މިރޭ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދުގެ ރަނިންގްމޭޓް ޑރ. މުސްތަފާ ލުތުފީ ކުޅުދުއްފުށްޓަށް ވަޑައިގަންނަވައިފި

BPnbhqyCMAATQa0.jpg_large

ލިޔުނީ: ޝަހިދާ

“ނެތޭ ވެވޭކަށް ބާޣީއަކަށް” މި ނަމުގައި ބާއްވާ އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގެ ފުރަތަމަ އާއްމު ޖަލްސާގައި ބައިވެރިވަވަޑައިގަތުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ ކުޅުދުއްފުށްޓަށް ވަޑައިގަންނަވައިފިއެވެ.

މިރޭ ކުޅުދުއްފުށީގައި “ނެތޭ ވެވޭކަށް ބާޣީއަކަށް”މި ނަމުގައި ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ އާއްމު ޖަލްސާ ފެށުމަށް ހަނމަޖެހިފައިވަނީ މިރޭ 10ޖަހާއިރުއެވެ. އަދި ކުޅުދުއްފުށްޓަށްފަހު އެމަނިކުފާނުންގެ “ނެތޭ ވެވޭކަށް ބާޣީއަކަށް” ދަތުރުފުޅުތައް ތާވަލު ކުރެވިފައިވާގޮތުން 7 އޯގަސްޓާ ހިސާބަށް މި ދަތުރުފުޅުތައް ކުރިޔަށް ދާނެއެވެ. މި ގޮތުން މި ދަތުރުފުޅުތައް ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ފަށާގޮތަށް ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ދެމެދުގައިވާ ހުރިހާ އަތޮޅަކަށް އެމަނިކުފާނު ޒިޔާރަތް ކުރައްވާނެއެވެ.

މި ދަތުރުފުޅުތަކުގައި ހދ. ކުޅުދުއްފުށީގެ އިތުރުން ޑރ. މުސްތަފާ ލުތުފީ ޒިޔާރަތް ކުރައްވާ ރަށްތަކަކީ ހއ. އިހަވަންދޫ، ދިއްދޫ، ށ. ފޮނަދޫ، ނ. މަނަދޫ، ޅ. ނައިފަރު، ހިންނަވަރު، މާލެ ސިޓީއިން ހުޅުމާލެ، ވިލިނގިލި، ރ. އުނގޫފާރު، ބ. އޭދަފުށި، ކ. ކާށިދޫ، ގުރައިދޫ އއ. އުކުޅަސް، އދ. މާމިނގިލި، ކ. މ. ދިއްގަރު، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، ގައްދޫ، ގއ. ދާންދޫ، ގއ. ކޮލަމާފުށި، ވިލިނގިލި، ޏ. ފުވައްމުލައް އައްޑޫ ސިޓީ އަދި މާލެ ސިޓީގެ އަވަށްތަކަށެވެ.

“ނެތޭވެވޭކަށް ބާޣީއަކަށް” އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގެ މި ދަތުރުފުޅުތަކުގައި ރިއާސީ ކެންޑިޑޭޓް ރައީސް ނަޝީދު ހޮވުމަށްޓަކައި އެމްޑީޕީއިން މިހާތަނަށް ކުރަމުން ގެންދިޔަ ކެމްޕެއިން މަސައްކަތްތަކުގެ އިތުރުން މިފަހަރުގެ ދަތުރުތަކުގައި ތަފާތު އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާގޮތަށް ވަނީ ހަނމަޖެހިފައެވެ. މި ގޮތުން މިފަހަރު ޑރ. މުސްތަފާ ލުތުފީ ޒިޔާރަތްކުރައްވާ ރަށްރަށުގައި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގެ ބިލްބޯރޑު އަދި ބަޣާވާތާ ގުޅޭ ބިލްބޯރޑް ހަރުކުރުމާއި، 7 ފެބްރުއަރީ 2013ގައި ހިންގި ބަޣާވާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތް ބެހުމާއި، ބަޣާވާތުގެ ސީޑީ ބެހުން ހިމެނިގެންވެއެވެ.

ރައިސް ނަޝީގެ ރަނިންގމޭޓު ޑރ. މުސްތަފާ ލުތުފީއާއިއެކު މި ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަންނަވާނީ، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، އެމްޑީޕީ ސަރުކާރުގެ އެޑީއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާޙިމް އަޙުމަދުއެވެ.

“ނެތޭވެވޭކަށް ބާޣީއަކަށް” ޕޯސްޓަރު ހަރުކުރުން