ފުވައްމުލަކު ގައި މާދަމާވެސް ކޮރަޕްޝަނާދެކޮޅު މުޒާހަރާއެއް ބާއްވާނެ

22 ޖުލައި 2010

picture-02621

ފުވައްމުލަކުގައި ތިބި ދިވެހި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން އިންތިޒާމްކޮށްގެން، ކޮރަޕްޝަނާ ދެކޮޅަށް ބާއްވާ މުޒާހަރާއެއް މާދަމާ ހަވީރު އޮންނާނެ ކަމަށް ފުވައްމުލަކުން މަޢުލޫމާތު ލިބިއްޖެއެވެ.
މާދަމާ (23 ޖުލައި 2010 ވާ ހުކުރު ދުވަހު) ހަވީރު 4.00 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ މިމުޒާހަރާ ފެށޭނީ ބޯޅަ ދަނޑުކައިރީގައި ހުންނަ ކުރީގެ ބާ ކޯޓު ކުރިމަތިން ކަމަށް ފުވައްމުލަކުން މަޢުލޫމާތު ދެއެވެ.
މިދިޔަ ހަފްތާ ބަންދުގައި ވެސް ފުވައްމުލަކުގައި މިފަދަ މުޒާހަރާއެއް ބާއްވާފައިވެއެވެ. މިމުޒާހަރާއަކީ މިހާތަނަށް ފުވައްމުލަކުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.