ތަހުނިޔާ ދެންނެވުން: ޑިއާރުޕީގެ އަހަރީ ދުވަހުގެ މުނާސަބާ

ދިވެހިރައްޔިތުންގެ ޕާޓީ (ޑިއާރުޕީ) ގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ ލޮބުވެތި މެންބަރުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި، ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީގެ ނަމުގައި ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަމެވެ.
ޑީއާރުޕީ އަށް 5 އަހަރު ފުރުނު މިއުފާވެރި މުނާސަބަތުގައި، އެޕާޓީއަށް ކުރިއެރުމާއި، ކާމިޔާބު ދުވަސްތަކަކަށް އެދެމެވެ.