“ނެތޭ ވެވޭކަށް ބާޣީއަކަށް”މި ނަމުގައި ރަނިންގމޭޓު ޑރ. މުސްތަފާ ލުތުފީ އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ދަތުރުފުޅުތައް މިއަދު ފަށްޓަވާނެ

ލިޔުނީ: ޝަހިދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ “ނެތޭ ވެވޭކަށް ބާޣީއަކަށް” މި ނަމުގައި އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ދަތުރުފުޅުތައް މިއަދު (20 ޖުލައި 2013 -ހޮނިހިރު ދުވަހު) މެންދުރުފަހު ފަށްޓަވާނެއެވެ.

“ނެތޭ ވެވޭކަށް ބާޣީއަކަށް”މި ނަމުގައި މިއަދު ޑރ. މުސްތަފާ ލުތުފީ ފައްޓަވައިދެއްވާ ދަތުރުފުޅުތައް ތާވަލު ކުރެވިފައިވާ ގޮތުން20 ޖުލައި 2013ވާ ހޮނިހިރު ދުވަހުން ފެށިގެން 7 އޯގަސްޓާ ހިސާބަށް މި ދަތުރުފުޅުތައް ކުރިޔަށް ދާނެއެވެ. މި ގޮތުން މި ދަތުރުފުޅުތައް ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ފަށާގޮތަށް ރާއްޖޭގެ އެންމެ ދެކުނަށް އައްޑޫ ސިޓީއާ ދެމެދުގައިވާ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރައްވާނެއެވެ.

އަދި މި ދަތުރުފުޅުތަކުގައި ޒިޔާރަތް ކުރައްވާ ރަށްތަކަކީ ހއ. އިހަވަންދޫ، ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޮނަދޫ، ނ. މަނަދޫ، ޅ. ނައިފަރު، ހިންނަވަރު، މާލެ ސިޓީއިން ހުޅުމާލެ، ވިލިނގިލި، ރ. އުނގޫފާރު، ބ. އޭދަފުށި، ކ. ކާށިދޫ، ގުރައިދޫ އއ. އުކުޅަސް، އދ. މާމިނގިލި، ކ. މ. ދިއްގަރު، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، ގައްދޫ، ގއ. ދާންދޫ، ގއ. ކޮލަމާފުށި، ވިލިނގިލި، ޏ. ފުވައްމުލައް އައްޑޫ ސިޓީ އަދި މާލެ ސިޓީގެ އަވަށްތަކަށެވެ.

“ނެތޭވެވޭކަށް ބާޣީއަކަށް” އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގެ މި ދަތުރުފުޅުތަކުގައި ރިއާސީ ކެންޑިޑޭޓް ރައީސް ނަޝީދު ހޮވުމަށްޓަކައި އެމްޑީޕީއިން މިހާތަނަށް ކުރަމުން އައި ކެމްޕެއިން މަސައްކަތްތަކުގެ އިތުރުން މިފަހަރުގެ ދަތުރުތަކުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދާގޮތަށް ވަނީ ހަނމަޖެހިފައެވެ. މި ގޮތުން މިފަހަރު ޑރ. މުސްތަފާ ލުތުފީ ޒިޔާރަތްކުރައްވާ ރަށްރަށުގައި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގެ ބިލްބޯރޑު އަދި ބަޣާވާތާ ގުޅޭ ބިލްބޯރޑް ހަރުކުރުން، 7 ފެބްރުއަރީ 2013ގައި ހިންގި ބަޣާވާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތް ބެހުމާއި، ބަޣާވާތުގެ ސީޑީ ބެހުން ހިމެނިގެންވެއެވެ.

ރައިސް ނަޝީގެ ރަނިންގމޭޓު ޑރ. މުސްތަފާ ލުތުފީއާއި އެކު މި ދަތުރުފުޅު ތަކުގައި ބައިވެރިވެވަޑައިގަންނަވާނީ، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، އެމްޑީޕީ ސަރުކާރުގެ އެޑީއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދުއެވެ.