އެމްޑީޕީ ކެންޕެއިން ޚާއްޞަ ހަރަކާތްތަކެއް ފުވައްމުލަކުގައި…

picture

ރިޔާސީ އިންތިޙާބަށް އެމްޑީޕީ ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން ފުވައްމުލަކުގައި މިރެޔާއި މާދަމާ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކުގައި ހަރަކާތްތެރިވާ ކެންޕެއިން ޓީމުން ހާމަކޮށްފިއެވެ.

ފުވައްމުލަކުގައި ހަރަކާތްތެރިވާ ކެންޕެއިން ޓީމުގެ ފަރާތުން މައުލޫމާތު ދެއްވަމުން ޝާނީޒް ސަޢީދު (ތާނި) ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާޢީދު ހޯދުމަށް ފުވައްމުލަކުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ޕެޗްއެޖެންޓުންނަށާއި އަވަށު އެޖެންޓުންނަށް ޚާއްޞަކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މިއަދު ހަވީރުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު މިއަދު ހަވީރު ފުވައްމުލަކުގައި ޚާއްޞަ ސައިކަލް ބުރެއްވެސް ކުރިއަށް ދާނެކަމަށާއި އަދި މިއަދު ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތައް “އެއްބުރުން” ބޯޅަ ހަދިޔާ ކުރުންވެސް އޮންނާނެ ކަމަށް ތާނި މައުލޫމާތު ދެއްވިއެވެ.

ރައީސް ނަޝީދަށް ތަޢީދު ހޯދުމަށް ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ފުވައްމުލަކުގައި ހަރަކާތްތެރިވާ އެމްޑީޕީ ޑޯޓުޑޯ ޓީމްތަކަށާއި ޕެޗް އެޖެންޓުން އަދި ކެންޕެއިން ޓީމް ތަކަށް ޚާއްޞަ މަސައްކަތު ބައްދަލު ވުމެއް މިރޭ ފުވައްމުލަކުގައި ހުންނަ ޕްރޮވިންސް އޮފީހުގައި ކުރިއަށް ދާނެ ކަމަށާއި މި މަސައްކަތު ބައްދަލުވުމުގައި މިހާރު ވޯޓް ހޯދުމަށާއި ކެންޕެއިން ކުރުމާއިބެހޭ އިތުރު މައުލޫމާތު ޓީމް ތަކުގެ ބައިވެރިނާއި ހިއްޞާ ކުރުން އޮންނާނެ ކަމަށް ފުވައްމުލަކު ކެންޕެއިން ޓީމްގެ ފަރާތުން މައުލޫމާތު ދެއްވިއެވެ. އަދި ޑޯޓުޑޯ ގެ ޚާއްޞަ ހަރަކާތްތަކެއް މިރެއިން ފެށިގެން ކުރިއަށް ދާނެ ކަމަށްވެސް ޝާނީޒް ސަޢީދު މައުލޫމާތު ދެއްވިއެވެ.

ފުވައްމުލަކުގައި ހަރަކާތްތެއިވާ ކެންޕެއިން ޓީމްގެ ފަރާތުން މައުލޫމާތު ދެއްވައި ގޮތުގައި އެމްޑީޕީން މިއަދު އެރަށުގައި ހަރަކާތްތެރިވާ ޓީމްގައި ކެންޕެއިން ކޯޑިނޭޓަރ އަދި ރައީސް ނަޝީދުގެ ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިޞަލް އާއި މަޝްހޫރު ފުޓްބަޅަ ޝަހްޞިއްޔަތު މައުރޫފް އަޙްމަދު އާއި ރައީސް ނަޝީދުގެ ކެންޕެއިން އޮފީހުގެ މެންބަރު އުޝާމަތު އައްބާސް ބައިވެރިވެލައްވައެވެ.