ކޮރަޕްޝަނާ ދެކޮޅަށް ބާއްވާ ޚާއްސަ ފޯރަމް މިރޭ ވެސް އޮންނާނެ

21 ޖުލައި 2010

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ ކެމްޕެއިންގެ ދަށުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ފޯރަމް މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޮންނާނެއެވެ. މިރޭ 9 ޖަހާއިރު ފަށާ މިފޯރަމް ޓީވީއެމް އިން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ދާދި ފަހުން ވަނީ މިފަދަ ފޯރަމެއް ބާއްވާފައެވެ. އެފޯރަމަކީ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.