ރައިސް ނަޝީދުގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލު ކޮށްފި

1002546_660566353972316_332005033_n

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނަށް މެންދުރުފަހު ރައީސް ނަޝީދު 7 ސެޕްޓެމްބަރު 2013ގައި އޮންނަ ރިޔާސީ އިންތިޚާބަށް ވާދަ ކުރެއްވުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންފޯމު މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިތާ ގާތްގަނޑަކަށް 4 ގަޑި އިރުތެރޭ ރައީސް ނަޝީދުގެ އިންތިޚާބީ އޭޖެންޓު އަލްއުސްތާޛް ޙަސަން ލަތީފުއާ އިލެކްޝަންސް ކޮމިޝަނުން ހަވާލު ކުރި ލިޔުމުގައި ވާގޮތުން “ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ހުށަހެޅުއްވި ފޯމުގައިވާ މައުލޫމާތާއި ތަކެތި ބަލާ ޗެކް ކުރިއިރު ޤާނޫނުގައިވާ ގޮތުގެ މަތީން މުޙައްމަދު ނަޝީދަކީ ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ މީހެއްކަމުގައި ބަލައި ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކޮށްފީމެވެ.”މިހެންނެވެ.