ލިޔުނީ: ޝަހީދާ
7 ސެޕްޓެމްބަރު 2013ގައި އޮންނަ ރިޔާސީ އިންތިޚާބަށް ވާދަ ކުރެއްވުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންފޯމު މިއަދު(18 ޖުލައި 2013-ބުރާސްފަތި) ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައިސް މުޙައްމަދު ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ލީޑާރޝިޕްގެ ބޭފުޅުންނާއި، އެތައް ހާސް މެމްބަރުންނާއި ސަޕޯޓަރުންނާއެކު ވަޑައިގެން ރައީސް ނަޝީދު އިލެކްޝަންސަށް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށްފަހު އެއްވެތިބި އެންމެންނާ މުޙާތަބުކުރައްވާ އެމަނިކުފާނު ވިދާޅުވީ ދިވެހިރައްޔިތުން ޒަމާންތަކެއްވަންދެން އުއްމީދުކޮށްގެން އައީ ދިވެހިރައްޔިތުންގެ ވިންދާ ރައްޔިތުންގެ ރުހުމާއި އެ ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތްވާގޮތަށް ވެރިކަމެއް ރާއްޖޭގައި ޤާއިމުކޮށްގެން އެރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުންކަމުގައެވެ. އަދި 7 ސެޕްޓެމްބަރު 2013ގެ ބަޤާވާތައްފަހު ދިވެހިރައްޔިތުން މަސައްކަތްކުރަމުން އައީ އަލުން އަނބުރާ އިންތިޚާބެއް މެދުވެރިކޮށް ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަށް ކަމަށެވެ. ރާއްޖޭގެ ރައްޔިތުން ގަދަބާރުއަޅާ، ގަދަ ހިތްވަރާއެކީގައި މަސައްކަތް ކުރަމުން ގެންދިޔައީ ރައްޔިތުންގެ ވެރިކަން އަލުން އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށާއި، އެމަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވާތަން މިއަދު މިދަނީ ފެންނަމުންކަމުގައިވެ.