ކުއްލި ޚަބަރު: މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ރިޔާސަތުން ހުއްޓާލައިފި

21 ޖުލައި 2010

ދިވެހި ޤައުމީ ސަލާމަތީ ބާރުގެ ހިމާޔަތުގެ ދަށުގައި ހުންނެވި، ޕީއޭގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މަޖިލީހަށް ހާޒިރުކޮށްދީފައި ނުވާތީ ޖަލްސާކުރިޔަށް ގެންދެވެން ނެތްކަމަށް ވިދާޅުވެ، ރިޔާސަތުން މިއަދުގެ ޖަލްސާ ހުއްޓާލައިފިއެވެ.
ޖަލްސާ ކުރިޔަށް ގެންދެވެން ނެތް ކަމަށް ވިދާޅުވަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ ޔާމީން ހާޒިރުކޮށްދެވެން ނެތްކަމަށް ވިދާޅުވެ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަމީން ފައިސަލް ފޮނުއްވި ސިޓީ ވިދާޅުވެފައެވެ.
ރިޔާސަތުން މަޖިލީހުގެ ރައީސް ވިދާޅުވީ މިގޮތަށް ނިންމެވީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ އިއްޔެ މަޝްވަރާކޮށް، އެފަރާތްތަކުން ދީފައިވާ ލަފަޔާ އެއްގޮތަށް ކަމަށެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނޭ ތާރީޚެއް ރިޔާސަތުން ވިދާޅުވެފައެއް ނުވެއެވެ.