ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާ ސަފީރުކަމަށް އާދަމް ޙަސަން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި

20 ޖުލައި 2010

belgium

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކިންގޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ހެންވޭރު އޭޝަންލޮޖް އާދަމް ޙަސަން ޢައްޔަން ކުރައްވައިފިއެވެ.

އާދަމް ޙަސަން، ސަފީރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.