މެދުއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށާއި، މާލެއަތޮޅު އަތޮޅު ކައުންސިލަރގެ މަގާމަށާއި އަދި އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރައްވައިފި

20 ޖުލައި 2010

މެދުއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 1659 އާދަމް ނާޞިރެވެ. މީގެއިތުރުން، މާލެއަތޮޅު އަތޮޅު ކައުންސިލަރގެ މަގާމަށްވެސް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރެއްވިއެވެ. މާލެއަތޮޅު އަތޮޅު ކައުންސިލަރގެ މަގާމަށް ޢައްޔަން ކުރެއްވީ، މާލެއަތޮޅު ކާށިދޫ ފިނިވާގޭ ޙުސައިން މޫސާއެވެ. އަދި އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަރގެ މަގާމަށް މަތިވެރީ އައްސޭރި ޢަލީ ރައޫފް އާދަމް ޢައްޔަން ކުރެއްވިއެވެ.