ޙާއްސަ ދެންނެވުން

އެމްޑީޕީގެ ޙާއްސަ ދެންނެވުން

MDP-2013-DN-017

އެމްޑީޕީގެ ފަރާތުން ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ތިރީގައި މިދަންނަވާ ގޮތަށް ހަމަޖެހިފައިވާނެވެ.

މާލޭގައި ދިރިއުޅެމުން ދާ ހުވަދޫ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން ފެށިގެން ރޭގަނޑު 12:00 އަށް ހުވަދޫ ހެއްޔޯސާ ޖަގަހައިން (މ.ލޮނުދޫ ހިޔާ – ޔަމަހާ ޝޯރޫމައި ޖެހިގެން) ކުރިޔަށް ދާނެ.

މާލޭގައި ދިރިއުޅެމުންދާ އައްޑޫ ސިޓީގެ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް ‘އައްޑޫ ސިޓީ މާލެ ޖަގަހަ’ ( އެމް.ޕީ.އެލް ސަރަހައްދީ ޖަގަހައިގެ ދެކުނުން) ކުރިޔަށް ދާނެ.

މާލޭގައި ދިރިއުޅެމުންދާ މ، ފ، ދ އަތޮޅުގެ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް މ. 3 އޭ ވިލާގައި (ފަރީދީމަގު، ސްޓެޓިކް ކޮންޕެނީ ކުރިމަތި) ކުރިޔަށްދާނެ

މާލޭގައި ދިރިއުޅެމުންދާ ރ، ށ، ލ އަތޮޅުގެ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް ‘ރ، ށ، ލ މާލެ ޖަގަހަ” އަހުމަދިއްޔާ ސްކޫލު ކުރިމަތީގައި ކުރިޔަށް ދާނެ.

މާލޭގައި ދިރިއުޅެމުންދާ ފުވައްމުލަކު ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް ‘ފުވައްމުލަކު ‘އެމްޑީޕީ މާލެ ޖަގަހަ” ހ.ރަޑިރަތްމާގެ، ރޯށަނީމަގުގައި ކުރިޔަށް ދާނެ.

މާލޭގައި ދިރިއުޅެމުންދާ ތ އަތޮޅު ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް ‘ކޮޅުމަޑުލު ހަރުގެ’ (ޖަސްޓިސް ބިލްޑިންގް ކުރިމަތި) ގައި ކުރިޔަށް ދާނެ.

މާލޭގައި ދިރިއުޅެމުންދާ ހއ، ހދ އަތޮޅު ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 11:00 އަށް ހ.ހިރިޔާގެ (ހ.އެއްގަމުގޭ ކުރިމަތީގައި) ކުރިޔަށް ދާނެ. އަދި މިގަޑީގައި 9141400 އަށް ގުޅައިގެންވެސް ވޯޓް ރެޖިސްޓްރީ ކުރުމުގެ ކަންތައް ހަމަޖެހޭނެ.

އަދި މީގެ އިތުރު މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ކަންތައް:
ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް ހުޅުމާލެ އެމްޑީޕީ ހަރުގެ ކުރިމަތީގައި އާއި އެމްޑީޕީ ގަލޮޅު ދެކުނު ޖަގަހަ ލޮނުޒިޔާރަތްމަގު ގ.ސައުތް ބުރީޒް (ކުރީގެ ސައުތް ހޮޓާ) ގައި ކުރިޔަށް ދާނެ.

ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށް ދާނެ.

ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 4:00 އަށް. އަދި ރޭގަނޑު 9:30 އިން 10:30 އަށް އެމްޑީޕީ ސެކްރެޓޭރިއެޓް (ހ.ޝަރާޝާ) ގައި ކުރިޔަށް ދާނެއެވެ.

-15 ޖުލައި 2013-