ތުޅާދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއިކުރައްވައިފި

19 ޖުލައި 2010

nazim1

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު މިރޭ އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.
ނާޒިމް ސޮއިކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ތުޅާދޫ އަކީ އެމްޑީޕީއާ ވަރަށް ގާތްގުޅުމެއް އޮންނަ ރަށެއް ކަމަށާއި، އެހެންކަމުން އެރަށުގެ ރައްޔިތުންގެ ފިކުރާ އެއްގޮތަށް ނާޒިމް ރަޝާދު އެނިންމެވި ނިންމެވުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންގެ ނަމުގައި ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ނާޒިމް ރަޝާދަކީ މީގެ ކުރިންވެސް އެމްޑީޕީއާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ.