އިއުލާނު

ވަޒީފާގެ ފުރުޞަތު

މިޕާޓީގެ، ޤައުމީ ސެކެޓޭރިއަޓްއަށް ތިރީގައިވާ މަގާމަށް ބޭފުޅަކު ބޭނުންވެއްޖެއެވެ.

ފައިނޭންސް ކޮންޓްރޯލަރ
ބޭނުންވާ އަދަދު: 1
ޒިންމާތަށް: ޕާޓީގެ ފައިސާ ބެލެހެއްޓުމާއި، ފައިސާއާ ބެހޭ ރިޕޯޓް ތައްޔާރު ކުރުމާއި ޕާޓީގެ އިންވެންޓްރީ ބެލެހެއްޓުން

ޝަރުތު:
ޕާޓީގެ މެމްބަރަކަށް ވުން އަދި ފައިސާއާބެހޭ ކޮންޕިއުޓަރ ސޮފްޓްވެއާރ ތަކަށް ފަރިތަވުމާއި އެކައުންޓިން ސެޓްފިކެޓެއް ނުވަތަ މަތީ ފާހެއް ލިބިފައިވުން

މި މަޤާމަށް ކުރިމަތިލައްވަން ބޭނުން ފުޅުވާ ބޭފުޅުން 9 އޮގަސްޓް 2009 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ)އަށް ސިޓީ އާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960،
އީމެލްއިލް secretariat@mdp.org.mv:

2 އޮގަސްޓް 2009