އެމްޑީޕީގެ މެންބަރުންގެ އަދަދު 37900 އަށް އަރައިފި

19 ޖުލައި 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސައްހަ މެންބަރުންގެ އަދަދު 37900 އަށް އަރައި އަނެއްކާވެސް އެންމެ މެންބަރުން ގިނަ ޕާޓީގެ މަޤާމް އެމްޑީޕީ އަށް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދެވަނައިގައި އުޅޭ ޑިއާރުޕީއަށް ވުރެ 113 މެންބަރުން މިވަގުތު އެމްޑީޕީ ގައި ގިނައެވެ. އެމްޑީޕީގެ ޖުމަލް މެންބަރުންގެ އަދަދު 37925 ގައި އުޅޭ އިރު، ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ 37812 އެވެ. މެންބަރުންގެ ގޮތުން 3 ވަނަ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީގައި މި ޖުލައިމަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ތިބީ 5947 މީހުންނެވެ. މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޕީއޭ ގައި 3000 މެންބަރުން ހަމަވަނީ ކިރިޔާއެވެ. އެގޮތުން އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ އެންމެ 3008 މީހުންކަން ފާހަގަކޮށްލެވެއެވެ. ޔާމީންގެ ޕީއޭ އަށްވުރެ އައިޑީޕީގައި ވެސް މެންބަރުންގެ އަދަދު މާގިނައެވެ. އެ ޕާޓީގައި 4589 މެންބަރުން އެބަތިބި ކަމަށް އިލެކްޝަންސް ވެބްސައިޓްގައި ބުނެފައިވެއެވެ.