ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ބައިވެރިވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ދިން ދަޢުވަތު އެކޮމިޝަނުގެ ރައީސް ޤަބޫލެއް ނުކުރި

19 ޖުލައި 2010

maldives-judicial-service-commission

އެމްއެންބީސީގެ ޓެލެވިޜަން މޯލްޑިވްސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ސިޓީ އަކުން ދައުވަތު ދިނުމުން، އެކޮމިޝަނުގެ ރައީސް މުޖްތާޒް ފަހުމީ، އެދަޢުވަތު ޤަބޫލުނުކުރައްވައި، ފިއްލަވައިފި ކަމަށް އެމްޑީޕީ މީޑިއާ ޔުނިޓަށް މައުލޫމާތު ލިބިއްޖެއެވެ.
1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ ތަޙްޤީޤަށް ފުލުހުންނަށް ބޭނުންވާ ކޯޓު އަމުރު ނުލިބިގެން، އެ އޮޕަރޭޝަން ފެއިލްވުމުގެ ޒިންމާ ޖިނާޢީ ކޯޓުގައި އެޅުވުމާއި، ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރައްޔިތުންނާއި ފުލުހުން ކުރާ ޤައުމީ މަސައްކަތުގައި އަދުލު އިންސާފުގެ ދާއިރާގެ އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުންނާއި އާންމުން ކުރާ ތުހުމަތު ތަކާ ގުޅިގެން، އަދުލު އިންސާފުގެ ދާއިރާގެ ބަހެއް ހޯދުމަށް، ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވުމަށް ޓީވީއެމް އިން ދިން ދަޢުވަތު، މުޖުތާޒްޤަބޫލުކޮށްފައި ނުވުމުގެ ސަބަބުން، އަދުލު އިންސާފުގެ ދާއިރާއާ މެދު ކުރެވޭ ތުހުމަތުތައް ދަނީ ހައްތަހާ ގިނަވަމުންނެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން ގެ ރައީސް މިޕްރޮގްރާމްގައި ބައިވެރި ނުވި ނަމަވެސް، ދިވެހި ފުލުހުން ވަނީ އޭގެ ކުރީރޭ އެބޭފުޅުންނަށް ޓީވީއެމް އިން ދިން ދަޢުވަތު ޤަބޫލުކުރައްވައި، ރާއްޖެ މިއަދުޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން، ގައުމުގެ މިހާރުގެ ޙާލަތާއި، އަދުލު އިންސާފުގެ ދާއިރާ އިން އެބޭފުޅުންގެ މުހިއްމު ތަޙްޤީޤްތަކަށް އަޅަމުންދާ ހުރަސްތަކުގެ ތަފްޞީލް ދިވެހިރައްޔިތުންނާ ހިއްސާކުރައްވާފައެވެ.