19 ޖުލައި 2010
ދިވެހިރައްޔިތުންގެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޙްލޫފް އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާ ދެމެދު މަޖިލީހުގެ ޖަލްސާއަށް ފަހު މާރާމާރީ ހިނގައިފިއެވެ.
މޫސަ ވިދާޅުވީ ” އަޅުގަނޑުގެ ލޮލުގައި ޖެހޭ ހިސާބުގައި މުހުސިން ( ފ.ނިލަންދޫ ދާއިރާގެ މެންބަރު) ހުރީ ފޯނު ޖައްސައިގެން ކެމެރާކުރަން. އަޅުގަނޑު ބުނިން އަޅުގަނޑުގެ ލޯކައިރީގައި ކެމެރާ ނުޖައްސާށޭ. އެހެން ބުނެފައި ދުރަށް ޖެއްސިން. އެވަގުތު މަހުލޫފް ދުރުގައި ހުރެފައި އައިސްޖެހީ އޭ ކިޔާފައި އަޅުގަނޑުގެ ކަށިމަތީގައި ޖެހީ.އެކަމަކު އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން. މީހެއްގެ ގައިގައި ޖަހާފައި ނުވާނެ. އަޅުގަނޑަކީ މާރާމާރީ ހިންގާ މީހެއް ނޫން”
އެހެން ނަމަވެސް މަހުލޫފް ވިދާޅުވީ މޫސަ އޭނާގެ މޫނުމަތީގައި ޖެއްސެވި ކަމަށެވެ. ނަމަވެސް މިއީ ތެދެއްކަން ކަށަވަރުކުރަން އުނދަގޫ ވެފައި ވަނީ ޑީއާރުޕީ އިން މީގެ ކުރިން ވެސް މިފަދަ ސްޓަންޓްތައް މަޖިލިސްތެރޭގައި ޖައްސާފައިވާތީއެވެ. އެގެ ތެރޭގައި ނިހާނުގެ ގައިގައި އަޅިކެނޑިއަކުން ޖެހި މައްސަލައާއި، އަލީ ވަހީދު ވެއްޓިގަތް މައްސަލަ ފާހަގަކުރެވެއެވެ.