ރައްޔިތުންގެ ކޯޓުގެ 6 ވަނަ އަޑު އެހުން މިރޭ 3 ބާރު ވަކިކުރާ ސަރަހައްދުގައި އޮންނާނެ

19 ޖުލައި 2010

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ޝަރުޢި ދާއިރާއިން އެއްބާރުލުން ދެމުން ނުދިއުމާ ގުޅިގެން ދިވެހިރައްޔިތުން ނިކުމެ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ހުޅުވި ރައްޔިތުންގެ ކޯޓުގެ 6 ވަނަ އަޑު އެހުން މިރޭ އޮންނާނެއެވެ.
ރައްޔިތުންގެ ކޯޓުގެ 6 ވަނަ އަޑުއެހުން އޮންނާނީ ލޮނުޒިޔާރަތްކޮޅު 3 ބާރު ވަކިކުރާ ސަރަހައްދުގައެވެ. މިރޭގެ އަޑުއެހުން ވެސް ފެށޭނީ 9 ޖަހާއިރު ކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.