ކުއްލި ޚަބަރު: ނިޒާމީ އޮއިވަރުގައި ޖެހި މަޖިލިސް ހުއްޓާލައިފި

19 ޖުލައި 2010

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިގެން 10 މިނެޓް ވެސް ނުވަނީސް ނިޒާމީ އޮއިވަރުގައި ޖެހި މަޖިލިސް ހުއްޓާލައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ކޮރަޕްޝަނުގެ ތުހުމަތާއި، ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ދާދިފަހުން ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށް، ސްޕްރީމް ކޯޓުގެ އަމުރަށް މިނިވަންކުރުމަށްފަހު މިހާރު އާރަށުގައި އެކަހެރި ކުރެވިފައިވާ،ޕީއޭގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމުގެ ފުރުސަތު ދިވެހި ސިފައިން ދެއްވަންވާނޭ ކަމުގައެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ކަމަށް ވެސް ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ.