ލިޔުނީ: ޝަހީދާ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާދަމާ (13 ޖުލައި 2013-ހޮނިހިރު) ބާއްވާ” އެއްބުރުން “މެލޭޝިޔާ” އާއްމު ބައްދަލުވުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވާނެއެވެ.
ރައީސް ނަޝީދު ވާހަަކަފުޅު ދައްކަވާ”މެލޭޝިޔާ އެއްބުރުން” ޙަފްލާ އޮންނާނީ މާދަމާ (13 ޖުލައި 2013 ހޮނިހިރު) މެލޭޝިޔާގެ މެރިއެޓް ހޯލުގައެވެ.
މާދަމާ މެލޭޝިޔާގައި އޮންނަ “އެއްބުރުން މެލޭޝިޔާ” އާއްމު ބައްދަލުވުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު މެލޭޝިޔާއަށް މިއަދު (12 ޖުލައި 2013- ހުކުރު) ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދުގެ މެންދުރުފަހުގެ ވަގުތުގައި ވަގުތު ހޭދަ ކުރައްވާނީ މެލޭޝިޔާގައި ދިރިއުޅެމުން ދާ ދިވެހިންނާއި ބައްދަލު ކުރެއްވުމުގައެވެ. މި ގޮތުން އެރަށުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކުރެއްވުން މެންދުރުފަހުގެ 2ކުން ފެށިގެން ކުރިޔަށް ދާނެއެވެ.
މެލޭޝިޔާގެ މެރިއެޓްހޯލުގައި މާދަމާ އިރުއޮއްސި 6:30ގައި ފެށޭ ޙަފްލާގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނާއެކު ރޯދަ ވީއްލެވުމާއި ނަމާދުގެ އަޅުކަމަށްފުހު 8:30 ގައި ފަށާ “މެލޭޝިޔާ އެއްބުރުން” ޙަފްލާގައި ބައިވެރިވަޑައިގަންނަވާނެއެވެ. ޤުރުޢާނުގެ ބަރަކާތުން ފަށާ މި ޙަފްލާގައި އެންމެފުރަތަމަ ވާހަކަ ދައްކާވާނީ މަރުޙަބާ ކިޔުމުގެ ގޮތުން “އެމްޑީޕީ މެލޭޝިޔާ” ކެމްޕެއިން ޓީމުގެ ބޭފުޅެކެވެ. އެއަށްފަހު ރައީސް ނަޝީދު މި ހަފްލާގެ ބައިވެރިންނާ މުޙާތަބު ކުރައްވާ ވާހަކަފުޅުދައްކަވާނެއެވެ.
ރައީސް ނަޝީދުގެ އަރިއަހުގައި ވަޑައިގެންއުޅުއްވާ ޑެލިގޭޝަންގެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާޙިދާއި، އެމްޑީޕީގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ ޑރ. ޢަލީ ސަވާދާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙުމަދް ދީދީއާއި ރައީސް ނަޝީދުގެ ޙާއްސަ މުޝީރު އިބްރާޙިމް ހުސެން ޒަކީވެސް ޙަފްލާގެ ބައިވެރިންނާ މުޙާތަބުކުރައްވާނެއެވެ.