MDP-2013-DN-015
މާލޭގައި ދިރިއުޅެމުން ދާ އެހެން ރަށްރަށުގެ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން
މާލޭގައި ދިރިއުޅެމުން ދާ ހުވަދޫ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން ފެށިގެން ރޭގަނޑު 12:00 އަށް ހުވަދޫ ހެއްޔޯސާ ޖަގަހައިން (މ.ލޮނުދޫ ހިޔާ – ޔަމަހާ ޝޯރޫމައި ޖެހިގެން) ކުރިޔަށް ދާނެ.
މާލޭގައި ދިރިއުޅެމުންދާ އައްޑޫ ސިޓީގެ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް ‘އައްޑޫ ސިޓީ މާލެ ޖަގަހަ’ ( އެމް.ޕީ.އެލް ސަރަހައްދީ ޖަގަހައިގެ ދެކުނުން) ކުރިޔަށް ދާނެ.
މާލޭގައި ދިރިއުޅެމުންދާ މ، ފ، ދ އަތޮޅުގެ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް މ. 3 އޭ ވިލާގައި (ފަރީދީމަގު، ސްޓެޓިކް ކޮންޕެނީ ކުރިމަތި) ކުރިޔަށްދާނެ
މާލޭގައި ދިރިއުޅެމުންދާ ރ، ށ، ލ އަތޮޅުގެ ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް ‘ރ، ށ، ލ މާލެ ޖަގަހަ” އަހުމަދިއްޔާ ސްކޫލު ކުރިމަތީގައި ކުރިޔަށް ދާނެ.
މާލޭގައި ދިރިއުޅެމުންދާ ފުވައްމުލަކު ރައްޔިތުން މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން ކޮންމެ ރެއަކު 9:30 ން ފެށިގެން ރޭގަނޑު 12:00 އަށް ‘ފުވައްމުލަކު ‘އެމްޑީޕީ މާލެ ޖަގަހަ” ހ.ތަޑިރަތްމާގެ، ރޯޝަނީމަގުގައި ކުރިޔަށް ދާނެ.