ރައީސް ނަޝީދު މިއަދު ރޯއްދަ ވީއްލެވީ ސްރީލަންކާގެ “ކޮއްލުޕިޓިޔަ ގްރާންޑް މޮސްކު”ގައި

photo-11

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ރޯދަ ވީއްލެވީ ސްރީލަންކާގެ “ކޮއްލުޕިޓީޔަ ގްރާންޑް މޮސްކު”ގައެވެ.

ރައީސް ނަޝީދު އުމްރާގެ އަޅުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ވިސާގެ ކަންތަކާ ސްރީލަންކާގައި މަޑުކުރައްވަން ޖެހިވަޑައިގެންފައިވާ މި ރަމްޟޯން މަހުގެ ދުވަސްތަކުގައި މިއަދުގެ މަޤްރިބު ނަމާދުގެ އަޅުކަމާއި ރޯއްދަވީއްލެވުން “ކޮއްލުޕިޓިޔަ ގްރާންޑް މޮސްކު”ގައި އޮތްއިރު ކަދުރާ ކަންޖިން ރޯދަ ވީއްލެވުމަށް ފަހު “ކޮއްލުޕިޓީޔަ ގްރާންޑް މޮސްކު”ގެ ޓްރަސްޓީޒްއާ ބައްދަލު ކުރެއްވިއެވެ. އަދި މީގެ އިތުރުން އެ މިސްކިތަށް މިއަދު ރޯދަ ވީއްލަން ދިޔަ އެންމެހާ ފަރާތްތަކާ ބައްދަލުކުރައްވާ ސަލާން ގަލާން ކުރައްވާ ” ކޮއްލިޕިޓިޔަ ގްރާންޑް މޮސްކް”އާ ގުޅުން ހުރި ސްރީލަންކާގެ މުސްލިމު އިސް ފަރާތްތަކާވެސް ބައްދަލުކުރެއްވިއެވެ.

މިއަދުގެ މި ރޯދަ ވީއްލުމުގައި އެމަނިކުފާނާއި އެކު ވަޑައިގެން އުޅުއްވާ ޑެލިގޭޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.