ކޮރަޕްޝަނާ ދެކޮޅަށް ފުލުހުން ހިންގާ ތަޙްޤީޤަށް ޖިނާއީ ކޯޓުގެ އިސް ޤާޒީ ހުރަސްއަޅާ ކަމަށް ފުލުހުން ބުނެފި

18 ޖުލައި 2010

nazimsummoned

ކޮރަޕްޝަނާ ދެކޮޅަށް ފުލުހުން ހިންގާ ތަޙްޤީޤަށް ޖިނާޢީ ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްއެންބީސީގެ ޓީވިއެމް އިން ވަގުތުން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ވާހަކަ ދައްކަމުން ފުލުހުން ބުނެފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް މިހާރު ކުރިޔަށްދާ ތަޙްޤީޤް ގައި ވަކާލާތުކުރި 2 ފުލުހުން އެއްވެސް އިންޒާރެއް ދިނުމެއް ނެތި ސަސްޕެންޑް ކުރުމަކީ ވެސް ކަނޑައެޅިގެން މި ތަޙްޤީޤަށް ހުރަސް އެޅުމަށް ޖިނާޢީ ކޯޓުން ކޮށްފައިވާ ކަމެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި ކުރިން ކޯޓު އަމުރު ހޯދަން އެއްވެސް ހުރަހެއް ކުރިމަތި ނުވާ ނަމަވެސް، ކުރީގެ އެޓޮލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ މައްސަލައެއް ތަޙްޤީޤް ކުރުމަށް ކޯޓު އަމުރަށް އެދުނު ފަހުން، ފުލުހުންގެ ތަޙްޤީޤަށް ކޯޓު އަމުރު ލިބުމުގައި ވަރަށް ބޮޑު ދަތިކަމަކާ ކުރިމަތިވާ ކަމަށެވެ.
ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން 1 ކިލޯ މަސްތުވާ ތަކެތީގެ މައްސަލައިގެ ތަޙްޤީޤް ކުރިޔަށް ގެންދިއުމަށް ފުލުހުންގެ ކޯޓޫ އަމުރު ލިބިފައި ނުވާތީ އެ އޮޕަރޭޝަން ފެއިލްވެފައިވާތީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތަށް ވެސް ޖިނާޢީ ކޯޓުން ހުރަސްއަޅާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ކޯޓު އޯޑަރު ދިނުމުގައި ޖިނާއީ ކޯޓުން ޢަމަލުކުރަމުންދަނީ އެކި ފަހަރު އެކި އުސޫލުން ކަމަށް ވެސް ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމަގައި ފުލުހުން ވަނީ ބުނެފައެވެ.،