ޗެއަރޕާސަން ބަރަކާތްތެރި ރަމަޟާން މަހުގެ ތަޙުނިޔާ ވިދާޅުވެއްޖެ

ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި، ޗެއަރޕާސަން މޫސާ މަނިކު، އެމްޑީޕީގެ މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެއުދުޢާއާއި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

“ބަރަކާތްތެރި ރަމަޟާން މަހަކީ ހެޔޮކަމާއި، އަޅުކަމުގެ މައްސަރުކަމުން، މި ބަރަކާތްތެރި މައްސަރުގައި ވީހާވެސް ގިނައިން އަޅުކަމާއި، ހެޔޮކަންތަކުގައި ޟާމިލުވެ، ނިކަމެތީންނާއި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއި، ނިކަމެތި ފަޤީރުންނަށް އެހީފޯރުކޮށްދެއްވުމަށް އިލްތިމާސް ކުރަމެވެ.

މި ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދުޢާއާއި ތަހުނިޔާ އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ރައްދުކުރަމެވެ. އަދި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް މިމަހުގެ ރުއްސެވުމާއި ފުއްސެވުމާއި ކާމިޔާބު އޭގެ އެންމެ ފުރިހަމަގޮތުގައި މިންވަރުކުރެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.”