އިޢުލާން: ބޯޑިންގ ޕާސް ނާޖާއިޒުގޮތުގައި ބޭނުންކުރުން

iulaan

ބޯޑިންގ ޕާސް ނާޖާއިޒުގޮތުގައި ބޭނުންކުރުން

ރިޔާސީ އިންތިޚާބަށް އެމް ޑީ ޕީ އިން އައްޑޫ ސިޓީގައި ހިންގާ ކެމްޕޭނަށް ފައިސާ ހޯދުމުގެ ގޮތުން ވިއްކަމުންގެންދާ ބޯޑިންގ ޕާސް ކޮންމެވެސް މީހަކު ނާޖާއިޒުގޮތުގައި ބޭނުންކުރަމުން އެބަގެންދެއެވެ. އެ ފަރާތުން ގެންދަނީ ބޯޑިންގ ޕާސް އައިޑީ ކާޑެއްގެ މިނަށް ކުޑަކޮށް، އޭގެ އަނެއް ފުށުގައި އެމް ޑީ ޕީ އޮފީހުގެ ފޯނު ނަންބަރު ޖަހައި ލެމިނޭޓް ކޮށްގެން 20 ރުފިޔާއަށް ވިއްކަމުންނެވެ. ވިއްކާއިރު ބުނަމުންދަނީ މި ޕާސް އޮވެއްޖެނަމަ ކެމްޕޭނުގެ ދުވަސްވަރު އައްޑޫ ސިޓީއަށް ކުރާ ދަތުރުތަކުގައި ހުރުމާއި ކެއުން ލިބޭނެ ކަމަށެވެ. މިއީ މަކަރުވެރިއަކު ހިންގާ ޚިޔާނާތްތެރި ޢަމަލެކެވެ. މި ކަމާ އެމް ޑީ ޕީ އާ އަދި އައްޑޫ ސިޓީގެ ކެމްޕޭން ފަންޑު ކޮމިޓީއާ އެއްވެސް ގުޅުމެއް ނެތް ވާހަކަ ދަންނަވަމެވެ.

8 ޖުލައި 2013
އައްޑޫ ސިޓީގެ މާލޭ ފަންޑު ކޮމިޓީ