ފ އަދި ދ އަތޮޅަށްކުރާ “އެއްބުރުން ކެމްޕެއިން ދަތުރު ފަށައިފި

ލިޔުނީ: ޝަހީދާ

ފ އަދި ދ އަތޮޅަށްކުރާ “އެއްބުރުން ކެމްޕެއިން ދަތުރު މިއަދު (8ޖުލައި 2013- ހޯމަ) ހެނދުނު ފަށައިފިއެވެ.

2 ދުވަހަށް ކުރިޔަށް ގެންދާ މި ކެމްޕެއިން ދަތުރުގަ ޒިޔާރަތް ކުރާނެ ރަށްތަކަކީ: ބިލެއްދޫ، ބަނޑިދޫ، ހުޅުދެލި އަދި ރިނބުދޫއެވެ.

މިއަދުގެ ދަތުރުގެ ބައިވެރިންނަކީ: މި 2 އަތޮޅަށް ކަނޑައަޅައިފައިވާ ކޯޑިނޭޓަރު އެމްޑީޕީގެ ސަރުކާރުގެ މާލީ ވަޒީރު މުޙައްމަދު ޝިޙާބުގެ އިތުރުން ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ވަޙީދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު (ކުބޭޭ)އާއި، ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޒާއި، ކުޑަ ހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙްމާނު އަދި ޕްރޮވިންސް ނައިބު ރައީސް އަބުދުﷲ ވަޙީދުއެވެ.