“މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” މިނަމުގައި ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު އަތޮޅު ފެންވަރުގަ ހާމަ ކުރުމަށް ޓީމުތައް ފުރައިފި

ލިޔުނީ: ޝަހީދާ

މިއަދު (6 ޖުލައި2013- ހޮނިހިރު)ހަވީރު 4ޖަހާއިރު ރާއްޖޭގެ ތަފާތު 20 ރަށުގައި “މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” މިނަމުގައި ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު އަތޮޅު ފެންވަރުގައި ހާމަކުރުމަށް އެމްޑީޕީގެ ޓީމުތައް ފުރައިފިއެވެ.

ރައީސް ނަޝީދު އިއްޔެ (5ޖުލައި 2013) ހަވީރު މާލޭ ރާޅުގަނޑު ސަރަހައްދުގައި “މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް ފަހު މި ސިޔާސަތު އަތޮޅު ފެންވަރުގައި މިއަދު ހާމަކުރާނެ ރަށްތަކަކީ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. މާއުނގޫދޫ، ނ. ކުޑަފަރީ، ރ. ރަސްމާދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ކ. ހިންމަފުށި، އއ. ހިމަންދޫ، އދ. ފެންފުށި، ވ. ކެޔޮދޫ، މ. ނާލާފުށި، ފ. ފީއަލި، ދ. މީދޫ، ތ. ބުރުނީ، ލ. ހިތަދޫ، ގއ. މާމެންދޫ، ގދ. ފަރެސްމާތޮޑާ، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީއިން މަރަދޫގައެވެ.

“މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” މިނަމުގައި އެމްޑީޕީގެ ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު އަތޮޅު ފެންވަރުގައި މިއަދު ހަވީރު 20 ރަށުގައި ހާމަކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުންނާއި އަދި ޤައުމީ މަޖިލީހުގެ މެންބަރުންނެވެ. މީގެ އިތުރުން އަތޮޅުތަކަށް ކަނޑައަޅާފައިވާ ގިނަ ކޯޑިނޭޓަރުން ވެސް މިއަދުގެ މި ޙަފްލާތަކުގައި ބައިވރިވެވަޑައިގަންނަވާނެއެވެ.

މިގޮތުން: ހއ. ދިއްދޫގައި: މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނާޒިމު
ހދ. ކުޅުދުއްފުށީގައި: ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މޫސާ މަނިކު،
ށ. މާއުނގޫދޫގައި: ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރަޝީދު )މެޓްރިކްސް މޯޑު(
ނ. ކުޑަފަރީގައި: މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛް އިމްތިޔާޒް ފަޙްމީ.
ރ. ރަސްމާދޫގައި، ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އަސްލަމް
ބ. އޭދަފުށީގައި: މާފަންދު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)،
ޅ. ހިންނަވަރުގައި: ރައީސް ނަޝީދު ސަރުކާރުގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަޠީފް،
ކ. ހިންމަފުށީގައި: ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްއުސްތާޛް އަޙްމަދު ހަމްޒާ،
އއ. ހިމަންދޫގައި: ތިނަދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު މުޙައްމަދު ޤަސަމް،
އދ. ފެންފުށީގައި: ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރިޔާޒު،
ވ. ކެޔޮދޫގައި: ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ނާޒިމް ރަޝާދު،
މ. ނާލާފުށީގައި: ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ މުޙައްމަދު،
ފ. ފީއަލީގައި: ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޒު،
ދ. މީދޫގައި: މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޠޯރިޤް، އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު )ކުބޭ(،
ތ. ބުރުނީގައި: އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޢަބްދުﷲ،
ލ. ހިތަދޫގައި: މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ރިޒާ،
ގއ. މާމެންދޫގައި: ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްޔާސް ލަބީބު،
ގދ. ފަރެސްމާތޮޑާގައި: ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިވާ އަބްﷲ،
ފުވައްމުލަކުގައި: ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ޢީސާ،
އައްޑޫ ސިޓީގެ މަރަދޫގައި: މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޢާޒިމުއެވެ.

އަދި މި އަތޮޅުތަކަށް އެމްޑީޕީއިން ކަނޑަ އަޅާފައިވާ ކޯޑިނޭޓަރުންނަކީ:
ހއ. ދިއްދޫ / ހދ. ކުޅުދުއްފުށި: އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު،
ށ. މާއުނގޫދޫ/ ރ. ރަސްމާދޫ / ލ.ހިތަދޫ : މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތަޛާ މާރިއާ އަޙްމަދް ދީދީ،
ނ. ކުޑަފަރީ/ ބ. އޭދަފުށި / ޅ. ހިންނަވަރު: އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދް ނަސީމް
ކ. ހިންމަފުށި: ޕްރޮވިންސް ރައީސް އިރްފާން ޒަކީ،
އއ. ހިމަންދޫ / އދ. ފެންފުށި / ވ. ކެޔޮދޫ: މުޙައްމަދު ޝަފީޤް (ޝަފީގުގެ)،
މ. ނާލާފުށި / ފ. ފީއަލި / ދ. މީދޫ: އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިޙާބް،
ތ. ބުރުނީ: މުޙައްމަދު ޝަރީފު )ސެންކޯ(،
ގއ. މާމެންދޫ/ ގދ. ފަރެސްމާތޮޑާ: އެމްޑީޕީ ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް،
ޏ. ފުއައްމުލަކު: އެމްޑީޕީ ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިޞަލް،
އައްޑޫ ސިޓީގެ މަރަދޫ: ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްޠަފާ ލުތްފީއެވެ.

“މިއަދު ހަވީރު ރާއްޖޭގެ 20 އަތޮޅުގެ 20 ރަށުގައި ބާއްވާ މި ޙަފްލާތަކުގައި އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު ހާމަކުރާ ޙަފްލާގައި ބައިވެރިވުމަކީ މި ޕާޓީއިން ވަރަށް ބޮޑަށް އެދޭކަމެކެވެ.