ރައީސް ނަޝީދު މާދަމާ ރޭ މާލޭގައި 3 ޖަގަހަ ހުޅުއްވައިދެއްވާނެ

untitled-5950

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްނޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު މާދަމާ (5 ޖުލައި 2013ވާ ހުކުރު)ރޭ މާލޭގައި 3 ޖަގަހަ ހުޅުއްވައިދެއްވާނެއެވެ.

ރައީސް ނަޝީދު ހުޅުއްވާދެއްވާ މި 3 ޖަގަހައަކީ އައްޑޫ ސިޓީގެ މާލެ ޖަގަހަ (އެމްޕީއެލް ސަރަހައްދު ޖަގަހައިގެ ދެކުނުން) ހަވީރީ ހިނގުން، މ،ފ އަދި ދ އަތޮޅުގެ މާލެ ޖަގަހަ ސްޓެޓިކް މުރިމަތި ފަރީދީމަގު އަދި ގަލޮޅު ދެކުނު ޖަގަހަ ސައުތް ބްރީޒް ކުރިމަތި، (ކުރީގެ ސައުތު ހޮޓާ) ލޮނުޒިޔާރަތްމަގު މިއެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީ މާލެ ޖަގަހަ ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 830ގަ މ، ފ އަދި ދ އަތޮޅުގެ މާލެ ޖަގަހަ ހުޅުއްވައިދެއްވާނީ ރޭގަނޑު 930ގަ އަދި ގަލޮޅު ދެކުނު ޖަގަހަ ހުޅުއްވައިދެއްވާނީ ރޭގަނޑު 10 ޖަހާއިރުއެވެ.

މިޖަގަހަތައް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންދެއްވުމަށް އެމްޑީޕީގެ ލޮބުވެތި ހުރިހާ މެންބަރުންނަށާއި ތާއިދު ކުރައްވާ ފަރާތްތަކަށް ވަނީ ދައުވަތުއަރުވާފައެވެ.