17 ޖުލައި 2010
ރައްޔިތުންގެ ޖަލްސާ މިރޭ (17 ޖުލައި 2010 ވާ ހޮނިހިރު ދުވަހުގެރޭ) ލޮނުޒިޔާރަތްކޮޅު 3 ބާރު ވަކިކުރާ ސަރަޙައްދުގައި އޮންނާނެއެވެ.
3 ބާރު ވަކިކުރާ ސަރަހައްދުގައި މިރޭ މި ބާއްވާ ޖަލްސާ އަކީ ކޮރަޕްޝަނާ ދެކޮޅަށް ” ރައްޔިތުންގެ ކޯޓު” ހުޅުވުމަށްފަހު ބާއްވާ 2 ވަނަ ޖަލްސާ އެވެ.ރޭ ބޭއްވި މިފަދަ ފުރަތަމަ ޖަލްސާ އޮތީ ދަރުބާރުގޭ އުސްފަސްގަނޑުގައެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ރައްޔިތުންގެ ކޯޓުގެ ނަމުގައި އިމާރާތެއް ނެތް ކޯޓެއް ޤާއިމްކުރުމާ ގުޅިގެން ޑީއާރުޕީ އިން ވެސް ވަނީ އެ ޕާޓީގެ އޮފީސް ކުރިމަތީގައި ” ރައްޔިތުންގެ ސްޕްރީމް ކޯޓު” ގެ ނަމުގައި ހަމަ އެފަދަ ކޯޓެއް ހުޅުވާފައެވެ.