އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ ޢާއްމު ރައްޔިތުންނަށް ބައްދަލުވެވޭނެ އިންތިޒާމް

• ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނަށް، އެބޭފުޅުންގެ މަސްއޫލިއްޔަތާއި ޛިއްމާ ފުރިހަމަޔަށް އަދާކުރުމުގައި، އެބޭފުޅުން ތަމްޘީލުކުރައްވާ އިންތިޚާބީ ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން ތަފާތު މަޢުލޫމާތާއި މަޝްވަރާ ބޭނުންވެއެވެ.
• އެމްޑީޕީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވާ، އެކިއެކި މައްސަލަތައް އެބޭފުޅުންގެ ސަމާލުކަމަށް ގެންނެވުމަށާއި، ޚިޔާލާއި މަޝްވަރާ އެމެމްބަރުންނަށް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމުގެ ދޮރު މިހާރުވަނީ ހުޅުވާލެވިފައެވެ. މިގޮތުން، އެފުރުޞަތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 8:30 އާއި މެންދުރުފަހު 3:30 އާއި ދެމެދު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އޮފީހަށް (މިތަނަށް) ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން އެޕޮއިންޓްމެންޓް ހޯއްދަވަމުން ގެންދެވުން އެދެމެވެ.
• އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތަމްޘީލުކުރައްވާ އިންތިޚާބީ ދާއިރާތަކުގެ ވީހާވެސް ގިނަ ބޭފުޅުން، މިފުރްޞަތުގެ ބޭނުން ހިއްޕަވަމުން ގެންދަވާނެކަމުގައި އުންމީދުކުރަމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އޮފީސް
ހ. ޝަރާޝާ (ތިރީބުރި) ، ސޯސަންމަގު، މާލެ
ފޯން: 3306535 ފެކްސް: 3306536 އީމެއިލް: pg@mdp.org.mv