ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލަ އެއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި، ވީހާވެސްއަވަހަކަށް މިކަމުގައި އިލެކްޝަންސް ކޮމިޝަނުން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅު އަޅުއްވާދެއްވުމަށް އިލެކްޝަންސް ކޮމިޝަނަރ އަރިއަހުން ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

photo-10

ލިޔުނީ: ޝަހީދާ

ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މެމްބަރުންނަށް ނޭގި މަކަރާ ހީލަތުން އެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލަ އެއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި، ވިހާވެސް އަވަހަކަށް މިކަމާ ބެހޭ ސައްހަ މައުލޫމާތު ލިބިދިނުމާއި، އަދި މިކަމުގައި އިލެކްޝަންސް ކޮމިޝަނުން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅު އަޅުއްވާދެއްވުމަށް އިލެކްޝަންސް ކޮމިޝަނަރ އަރިއަހުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަންނަވައިފިއެވެ.

ސިޓީ ހޯލްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އިއްޔެ( 1 ޖުލައި 2013-ހޯމަ) ރައީސް ނަޝީދު ވިދާޅުވީ، އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލައެއް އެއީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ރައްޔިތުންނަށް ނޭގި މެމްބަރުންނަށް ނޭގި މަކަރާ ހީލަތުން އެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލަ. މިބާވަތުގެ މައްސަލައެއް އަޅުގަނޑުމެނަށް މިވަނީ މިހާރު ފާހަގަ ވެފަކަމާއި، ވަކިން ޙާއްސަކޮށް އެމްޑީޕީ ވަރަށް ކަންބޮޑުވާ މައްސަލައެއް، ޤައުމީ އިއްތިހާދު ޕާޓީއަށް މި ޕާޓިގެ އަޅުގަނޑު މިހާރު އަޑުއަހާ ގޮތުގައި 4000 މެމްބަރުން އެ މެމްބަރުންނަށް ނޭގި އެމްޑީޕީއިން ވަކިކޮށް ގެންގޮސް އެހެން ޕާޓީއެއްގައި އެމީހުންގެ ނަން ހިމަނާފައިވާކަން އަޑު އިވޭ ކަމުގައާއި، މިކަމާ ބެހޭ ސައްހަ މައުލޫމާތު އަޅުގަނޑުމެންނަށް ވީހާވެސް އަވަހަކަށް ލިބިމަށް އެދޭކަމުގައާއި، އިލެކްޝަންސް ކޮމިޝަނަރ އަރިއަހުން އެބޭފުޅާ އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމަށް އެދިވަޑައިގަތެވެ.

2013ވަނަ އަހަރުގެ ރިޔާސި އިންތިޚާބާ ބެހޭގޮތުން އިއްޔެ ޕްރެސްއާ ބައްދަލުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބު އަޅުގަނޑުމެންނާ ކުރިމަތިވަމުން އަންނައިރުގައި އިންތިޚާބުގެ އެކިއެކި ކަންކަމުގެ ތެރެއަށް ފުލުހުން ބައިވެރިވުމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫންކަމާއި، ވޯޓު ދޭ ސަރަހައްދަށް، ވޯޓު ފޮއްޓެއްގެ އެއްވެސް ސަރަހައްދަކަށް ފުލުހަކަށް، ސިފައިންގެ މީހަކަށް ވޯޓުދޭން ފިޔަވައި އެހެން ކަމަކަށް ނުވަދެވޭނެކަމާއި .އެބޭފުޅުން އޭގެ ސަރަހައްދަކަށް ވަންނަވަން ޖެހޭނީ ވޯޓު ފޮއްޓެއްކައިރީގައި މައްސަލައެއް ދިމާވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން ހުރިހާ ކެންޑީޑޭޓުންގެ އޭޖެންޓުންނާއި، އޮބްޒާވަރުންނާއި އެކުގައި (ކޮންމެ ވޯޓު ފޮެއްޓެއްގައި ކެންޑިޑޭޓުންގެ އޮބްޒާރވަރުންވެސް އަދި ކެންޑީޑޭޓުގެ އޭޖެންޓުންވެސް އެބަތިިބެ) މަޝްވަރާކުރުމަށްފަހު ރިޓާނިން އޮފިސަރު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އަންގަވަންޖެހޭ އެއްޗެއް އަންގަވަން ޖެހޭނީ އަދި އިލެކްޝަންސް ކޮމިޝަނުން އެންގެވީމާ އެކޮމިޝަންގެ ހުއްދަޔާ އެކީގައި، އޭގެ ކުރީގައި ތިމަންނާމެންނަށް ރިޕޯޓެް އެބައޮތޭ، ލިބިއްޖެޔޭ އެހެން ވިދާޅުވަފަ ފުލުހުން އޭގެންތަނަކަށް ގާތް ވުމަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށާއި، އެހެންވީމާ ޤަވައިދުތައް ކަނޑައެޅޭ އިރުގައި، އުސޫލުތައް ކަނޑައެޅޭއިރުގައި މިގޮތަށް ކަންކަން ބެހެއްޓުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއްކަމުގައެވެ.

އަދި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ،އަޅުގަނޑުމެން ދެކޭ ގޮތުގައި ކުރިޔަށް މި އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ފެންނާނީ އަދި އަޅުގަނޑުމެނަށް ސާފުވާ އިރުގައި ފެންނާނީ އެމްޑީޕީއަށް އެއްބުރުން އެ އިންތިޚާބު ކާމިޔާބު ވެފައިވާތަންކަމާއި، އަޅުގަނޑުމެން ދެކޭގަޮތުގައި އަޅުގަނޑުމެނަށް މި އިންތިޚާބުގައި 55 ކަށް ވުރެ މަތީ އިންސައްތަ އަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ވޯޓު ލިބޭނެކަމުގައެވެ.