ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-012
ތާރީޚް: 10 ޖުލައި 2009 (ހުކުރު)
އިންޑިޔާގެ ކޮންގްރެސް ޕާޓީއިން އިންޑިޔާގެ ޢާއްމު އިންތިހާބު ކާމިޔާބުކޮށް އިންޑިޔާގެ ސަރުކާރު ހިންގުމާއި ހަވާލުވުމާއި ގުޅިގެން އެކަމަށް އެމްޑީޕީއިން މަރުޙަބާ ދެންނެވުން
އިންޑިޔާގެ ކޮންގްރެސް ޕާޓީއިން އިންޑިޔާގެ ޢާއްމު އިންތިހާބު ކާމިޔާބުކޮށް އިންޑިޔާގެ ސަރުކާރު ހިންގުމާއި ހަވާލުވުމާއި ގުޅިގެން އިންޑިޔާގެ ޕްރައިމް މިނިސްޓަރ އޮނަރަބަލް މަންމޯހަން ސިންގްއަށް އެމްޑީޕީގެ ޗެއަރޕާރސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މަރުޙަބާ ދެންނެވުމާއި ގުޅިގެން އިންޑިޔާގެ ޕްރައިމް މިނިސްޓަރ އޮނަރަބަލް މަންމޯހަން ސިންގް އެމްޑީޕީގެ ޗެއަރޕާރސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ. އެ ސިޓީފުޅުގައި އެމްޑީޕީއިން ކޮންގްރެސް ޕާޓީން ހޯދި ކާމިޔާބާށް ދެންނެވި މަރުޙަބާއަށް ޝުކުރު ވިދާޅުވެފައިވެއެވެ. އަދި އިންޑިޔާގެ ރައްޔިތުން، އެބޭފުޅުން އެ މެންޑޭޓުގެ އަމަލީ މަސައްކަތް ފައްޓަވާއިރު ދިވެހި ރާއްޖެއާއި ދެމެދު ޤާއިމްކުރެވިފައިވާ ގާތް އަދި ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގައި އެމްޑީޕީގެ ޗެއަރޕާރސަންގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އެސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް