ކުދި އާބާދީގެ ރަށްތަކުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމުން ތަރައްޤީގެ ރަންޒަމާނެއް އެރަށްތަކަށް ލިބިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ކުދި ރަށް ރަށަކީ މަސައްކަތްކުރާ އިޤްތިޞާދީ ޔުނިޓެއް ކަމަށާއި ހަމައެކަނި މަސައްކަތް ކުރަނީ ބޮޑު ބައްރުތަކާއި ބޮޑެތި ސިޓީތަކެއް ނޫންކަމަށާއި ކުދި ރަށްތަކުގައް އެމްޑީޕީގެ ސިޔާސަތުތައް ހިންގުމުން ތަރައްްޤީގެ ރަންޒަމާނެއް އެރަށްތަކުގައިވެސް ފެނިގެންދާނެކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިމޭރުމުން ވާހަކަފުޅުދެއްކެވީ ފެލިދެ އަތޮޅު ކެޔޮދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގަައެވެ.

ކެޔޮދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކުދިރަށްތައް ތަރައްޤީކުރެވޭނެ ކޮންގޮތަކުން ކޮން ސިޔާސަތުތަކެއް ތަންފީޒުކޮށްގެންކަމާމެދު މަޝްވަރާކުރައްވަމުން ގެންދަވާނެކަމުގައެވެ. އަދި އެމްޑީޕީގެ އަމާޒަކީ ކުދި އާބާދީގެ ރަށްތަކަށް ގެސްޓްހައުސް ސިޔާސަތު ތަންފީޒުކޮށް އަބަދުވެސް 500އެއްހާ މީހުން ގެނައުން ކަމުގައެެވެ. “އެތަނުގައި އިޤްތިސާދީ ހަރަކާތް އެބަ ހިންގާން ޖެހޭ. އެ ހަރަކާތުން ނިކުންނަ ޢާމްދަނީ އިން އެ ރައްޔިތުން އެބަ ދިރިއުޅެންޖެހޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ގެސްޓްހައުސްގެ ވިޔަފާރިއާ އެކުގައި އެމްޑީޕީގެ އަމާޒަކީ އަތޮޅުގެ 1500 އެއްހާ މީހުންނަށް ރަގަޅު ދިރިއުޅުމެއް ހޯދައިދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ޓުއަރިޒަމްގެ ވިޔަފާރި އަކީ މި ރާއްޖޭގައި ފައިދާއާ އެކީގައި ހިންގަމުން އަންނަ ވިޔަފާރި އެއް. މިއަދު މި ރަށުގައިވެސް އެ ވިޔަފާއި މިދަނީ ހިނގަމުން. އަދި އެ ވިޔަފާރީގައި މި ރަށުގައި ޝާމިލްވާ ފަރާތްތަކަށް އޭގެ ފައިދާ އާއި މަންފާ މާ ރަގަޅަށް ސާފުވެފައި ވާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އަމާޒަކީ އެފަދަ ވިޔަފާރިތަކަށް އެހީތެރިވެދިނުނކަމުގައި ވިދާޅުވިއެވެ. ވިޔަފާރި ކުރިއަރުވައި ފުޅާކުރުމަށް ބޭނުންވާ ލޯނާއި ހިލޭ އެހީ އަދި ހުނަރުވެރިންވެސް ތަމްރީނު ކުރާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވ. އަދި ގެސްޓުހައުސް ސިޔާސަތު ފުރިހަމަ ގޮތުގައި ވ.އަތޮޅުގައި ތަންފީޒުކޮށްދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އާބާދީ ކުޑަވުމުގެ ސަބަބުން ރަށްރަށުގެ ފިހާރައިގެ ވިކުރާއަކަށް އަދި ބޮޑު ބަދަލެއް ނާންނާނެކަމަށާއި ކުދި އާބާދީ ދިރިއުޅޭ ރަށްރަށުން ފަސް ހަހާސް ރުފިޔާއަށްވުރެ މައްޗަކަށް ވިކުރާއެއް ނުޖެހޭނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ރެއެއްގެ ވިކުރާ އާދައިގެ ފިހާރައަކަށް 20000 ރުފިޔާ އަށް ނުނެގެންޏާ އެއީ އަދި އިޤްތިޞާދީ ޔުނިޓެއްގެ ގޮތުގައި ނުވަތަ ރަގަޅަށް ފައިދާހުރި ގޮތުގައި ހިންގޭ ތަނެއްގެ ގޮތުގައި އަދި އެއޮތީ ނުވެ. އަޅުގަނޑުމެންގެ އަމާޒަކީ މި ދެންނެވި 20000 ރުފިޔާގެ ވިކުރާ މި ފިހާރަތަކަށް ޖައްސައި ދިނުން” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމިންވަރުގެ ވިކުރާ ނެރުމަށްޓަކައި އެމްޑީޕީން ހުށަިއަޅަނީ ގެސްޓް ހައުސްގެ ވިޔަފާރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “އެނގިވަޑައިގަންނަވާނެ ހަމަގައިމުވެސް ފުލިދު އަތޮޅު ރައްޔިތަކަށްވުރެން ގެސްޓަކު ޚަރަދުކުރާ މިންވަރު އިތުރުވާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފެން ބޭނުންކުރާ މިންވަރާއި އެހެނިހެން ބޭނުންތައްވެސް ގިނަވެ އިތުރުވެގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެއްފަސްކުރުމަށް ނުވަތަ އެއްތަނަކަށް އަތޮޅު ރައްޔިތުން ބަދަލުވުމަށް އަތޮޅު ރައްޔިތުން އެދެނީ ނަމަ އެ ބަދަލުވާން ބޭނުންވާ ބަޔަކަށް އެކަން ކުރެވޭން ޖެހޭނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގައި އަތޮޅުގެ ރައްޔިތުންގެ ޚިޔަލު ހޯއްދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މިއަދު ސަރުކާރުގެ އާމްދަނީއާއިެ ފުއްދުންެރިކަމަށް ބަލާއިރު އެއީ ކުރުން ދަތިކަމެއްކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރާއްޖެ މިއަދު މި ދެކެމުންދަނީ ދިވެހިރާއްޖޭގެ ހަޔާތުގައި ހިނގާނޭ އެންމެ މުހިއްމު ދެ މަސް ދުވަސްކަމަށާއި މި ދެމަސް ދުވަހުގެ ތެރޭގައި ސިޔާސީވެރިން ރައްޔިތުންނަށް ސިޔާސީ ޕާރޓީތަކުން ހުށައަޅައި ދޭންވީ އެ ޕާރޓީތަކުގެ ސަރުކާރެއްގައި ކަން ހިނގާނޭ ގޮތްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީން އެ ސިޔާސަތުތައް ހުށައަޅަމުން އަންނަ ކަމަށާއި އެހެން ޕާރޓީތަކުން އެ ޕާރޓީތަކުގެ ސިޔާސަތުތައް ހުށައަޅާތަނ ފެނިވަޑައިނުގަންނަވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އިނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ވާދަވެރިންގެ އެންމެ އަތްމަތީ ބަހަކީ ދިގު މުއްދަތަށް ޖަލަށްލުން. އަޅުގަނޑުމެންގެ ވާދަވެރިންގެ އެންމެ އަތްމަތީ ބަހަކީ އެމްޑީޕީއަށް ވެރިކަން ނުލިބޭނޭ ގޮތެއް އެ މީހުން ހެދުން. އެ ބޭފުޅުން ވެރިކަން ހޯދާނޭ ގޮތެއް ހޯދުމެއް ނޫން” ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ސިޔާސީ ޕާޓީތަކުން އެބޭފުޅުންގެ ސަރުކާރެއް އެކުލަވާލާނޭ ގޮތެއް ހޯދުމަށް ގޮތްތައް ހުށަނާޅާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ވާދަވެރިންގެ މަސައްކަތަކީ ފައިވިއްދާ އަތުކުރި އޮޅާ އެ ބޭފުޅުން އެ ތިއްބަވަނީ އެ ވިދާޅުވަނ”ީ އަދި ރައްޔިތުން އެކަމާ ކަންބޮޑުވެ މާޔޫސް ނުވުމަށާއި “އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އެބޭފުޅުންގެ ފުޅާ ކޯއަލިޝަނާ އެކީގައި ކިހިލިޖަހައިލައިގެން” ކަމުގައި ވިދާޅުވިއެވެ.