“މާފަންނު އެއްބުރުން” ކަންމަތީ ބައްދަލުވުމަށް ވަރަށް ތަރްޙީބު ލިބުނު

BN3JiNdCMAEn8-l.jpg_large

“މާފަންނު އެއްބުރުން” މިނަމުގައި މާފްނަނުގައި ރޭ( 28ޖޫން 2013 -ހުކުރު)ބޭއްވި ކަންމަތީ ބައްދަލުވުމަށް ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. ރޭ ސްޓާރސިނަމާއާއި މާފަންނު މަދްރަސާ ކަންމައްޗަށް ވާގޮތައް ބޭއްވި މި ބައްދަލުވުން ފެށުނީ 9:30ގައެވެ..

އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނާއި ގިނަ ޢަދަދެއްގެ ޢާއްމުން ބައިވެރިވި މިބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުން ވިދާޅުވީ ރައްޔިތުންނަށްދޭންޖެހޭ ޙައްޤުތައް ސަރުކާރަށް އަޑުއިއްވޭނެ މިނިވަންކަން ހޯދައިދިނީ އެމްޑީޕީން ކަމަށާއި އެއްބުރުން އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ޖެހޭ އެއްސަބަބަކީ އެއީ ކަމަށެވެ. އަދި އެމްޑީޕީއަކީ ރާއްޖޭގައި ހުރި އެހެން ހުރިހާ ސިޔާސީ ޕާޓީއަކަށްވުރެ ދޮށީ ސިޔާސީ ޕާޓީއެއް ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުންއިތުރަށް ވިދާޅުވީ އެހެން ޕާޓީތަކާ ޚިލާފަށް އެމްޑީޕީން ދައްކުވައިދެނީ އެމްޑީޕީއަކީ ދިވެހިރައްޔިތުންގެ ޕާޓީއެއްކަންކަމަށާއި އެމްޑީޕީއަކީ ވަކިބައެއްގެ ވަކި މީހެއްގެ ޕާޓީއެއް ނޫންކަން ކަމުގައެވެ. ކުޑައިރުންސުރެ ދެކެމުންއައި މަންޒަރުތައް ބަދަލުކޮށްލީ މި ރަން ރީނދޫ ކުލައިން ކަމަށާއި، މިރާއްޖޭގެ ރައްޔިތުންގެ ސިޔާސީ ރޫހާއި ސިޔާސީ ވިސްނުމާއި ސިޔާސީ ހުރިހާ ކަމެއް ބަދަލުކޮށްލި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ވައްޓާލާފައިވަނީ ކުރީގެ ޚުދުމުޚްތާރު އަނިޔާވެރި ވެރިންނަށް އެމީހުން ހިންގި ޚިޔާނާތާއި ރައްޔިތުންނަށް ދިން އަނިޔާއާ އެފަދަ ޖަރީމާތައް ބެލި އިންސާފް ޤާއިމް ނުކުރެވުމުގެ ސަބަބުން އެމީހުންނާ އެމީހުންގެ މޫތައް މިނިޒާމްގެ ތެރޭގައި އުޅޭތީ ކަމަށެވެ. އެހެންކަމުން 2013 ގެ އިންތިޚާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެއް. އެކަމަކީ ކޮންމެ ދިވެއްސަކު މިޤައުމާ މިރާއްޖޭގެ ދުސްތޫރީ ނިޒާމާ އެތަކެއް ބުރަމަސައްކަތުން އެތަކެއް ދަލެއް އޮހޮރައިގެން އެތަކެއް ޤުރުބާނީއެއް ވެގެންއެތަކެއް ދުަވަހު ޖަލުގެ ތޭރިތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ލީޑަރުންނާ އަޅުގަނޑުމެންގެ ރައްޔިތުން އަނިޔާ ލިބިގެން ހޯދި ނިޒާމް ބިކަހާލުގައި ޖެހިގެން ގެއްލިދިޔަދީގެން ނުވާނެކަމަށެވެ.

އެމްޑީޕީން މިއުޅެނީ ރައްޔިތުންނަށް އެމީހުންގެ ޙައްޤު މިންވަރު ހޯދައިދޭން ކަމަށާއި ދެތިން މަހުޖަނުންގެ ވަކިތަކުން ސަލާމަތްކޮށްދީ މުޅި ހުރިހާ ރައްޔިތުން މިނިވަންކޮށް ތަނަވަސްކޮށްދޭން ކަމަށެވެ. އަދި، އެމްޑީޕީގެ ތިން އަހަރަކީ ދިވެހިންދުށް އެންމެ އުފާވެރި އެންމެ އޯގާވެރި ތިންއަހަރު ކަމަށާއި، އެއީ ދިވެހިންނަށް އުއްމީދު ގެނުވި ތިންއަހަރު. އެއީ ދިވެހިން ނިދިން ހޭލައްވާލި ތިން އަހަރު. އެއީ ނާއުއްމީދުވެފައިތިބި ދިވެހިންނަށް ފުރުސަތު ހޯދައިދިން ތިން އަހަރު. އެއީ ގޮތްހުސްވެފައިތި ޒުވާނުންނަށް މަގުދެއްކި ތިން އަހަރު. އެއީ މުސްކުޅިވެފައިތިބި މައިންބަފައިންނަށް ހިތްވަރުދިން ތިންއަހަރު. އެއީ ހުވަފަތްވެފައިތިބި އަނބިންގެ މާޔޫސްކަން ކަނޑާލައި އަނބުރާ ރަނގަޅު ދިރިއުޅުމަކަށް ހިތްވަރުދިން ތިން އަހަރު. އެއީ މުޅިރާއްޖެއަށް އުފާވެރިކަމާއި ފާގަތިކަން ގެނުވައިދިން ތިން އަހަރު ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މިހުށަހަޅުއްވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ދިވެހިރާއްޖޭގެ އިޤްތިސާދު ހަމަޖެހުމާއި ދިވެހިރާއްޖޭގެ އިޖްތިމާއީ ރައްކާތެރިކަމާ އަދި އަޤީދާއާއި އެންމެހާ ޤައުމިއްޔަތުގެ ބަހާތައް ރައްކާތެރި ކުރާ ސިޔާސަތެއްކަމަށާއި، މިފަދަ ސިޔާސަތެއް ހުށަހަޅަނީ ހަމައެކަނި އެމްޑީޕީން. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުކަމަށެވެ.

ރައްޔިތުންގެ ޙައްޤުތަކަކީ ކޮބައިތޯ ގޮވާ، ސަރުކާރުތަކަށް އަޑުއިއްވަން ނިކުތުމުގެ މިނިވަންކަން ހޯދައިދިން އެމްޑީޕީއިން ކަމަށާއި، އަދި އެއްބުރުން އެމްޑީޕީއަށް މިއިންތިޚާބު ކާމިޔާބު ކުރަންޖެހޭ ސަބަބަކީ ބައިބައިވެފައިވާ ކޯލިޝަނަކުން ރާއްޖޭގެ ވެރިން ނުހިންގޭނެތީ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދެއްކެވި އެންމެހާ މެންބަރުންވެސް މައިގަނޑު ގޮތެއްގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދެއްވި ކަންތައްތަކާއި ދެންވެސް ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ސިޔާސަތަކައިގެން ނިކުމެ އުޅެނީ އެމްޑީޕީ ކަމަށެވެ. އެހެންކަމުން މާޒީއާއި އަދި މިހާރުގެ ހާލަތައް ބަލާފައި އެއްބުރުން އެމްޑީޕީ 2013ގެ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް އެހުރިހާ ބޭފުޅުންވެސް ވިދާޅުވިއެވެ.