އެމްޑީޕީއަށް 8 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ މާލޭގައި ބޭއްވި ކުލަގަދަ ޕެރޭޑް ކާމިޔާބު ކުރުމަށް ޒުވާން މެމްބަރުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބިނު އެހީތެރިކަމަށާއި ބައިވެރިވުމަށް ޒުވާނުންގެ ހިތްވަރުގެ ފަރާތުން މަރުހަބާ ކިޔައި ޝުކުރު އަދާކުރަން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް 8 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ މާލޭގައި ބޭއްވި ކުލަގަދަ އަދި ދިވެހި ޒުވާނުންގެ ހުނަރުތައް ފެނިގެންދިޔަ ޕެރޭޑް ކާމިޔާބު ކުރުމަށް ޒުވާން މެމްބަރުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބިނު އެހީތެރިކަމަށާއި ބައިވެރިވުމަށް ޒުވާނުންގެ ހިތްވަރުގެ ފަރާތުން މަރުހަބާ ކިޔައި ޝުކުރު އަދާކުރަމެވެ.

ޕެރޭޑް އެކުލަވާލުމުގައި ޒުވާނުންގެ ފަރާތުން މިއުޒިކާއި، ލައިޓްސް، ސައުންޑް އަދި ކުޅިވަރުގެ އެކިއެކި ހަރކާތްތަކުގައި ލިބުނު އެހީތެރިކަން ވަކިން ޚާއްސަކޮށް ފާހަގަ ކުރަމެވެ. އަދި އެމްޑީޕީގެ ފަރާތުން ބާއްވާ ކޮންމެ ކަމެއްގައިވެސް ޕާޓީގެ ޒުވާން މެމްބަރުންނާއި ސަޕޯޓަރުންގެ ފަރާތުން މެދުކެނޑުމެއްނެތި ދެގޮތެއްނެތް ގޮތުގައި ލިބެމުން އަންނަ ކަމީ މިޕާޓީގެ ދިރުން ކަމުގައިވެސް ދެކެމެވެ.
އެމްޑީޕީއަކީ ޒުވާނުން ގިނަ އަދި ޒުވާނުންގެ ޕާޓީއެކެވެ. ޒުވާނުންގެ ހުނަރާއި ވިސްނުމާއި ފިކުރަށް އަބަދުވެސް އެމްޑީޕީން ބަލައިގަނެ މަރުހަބާ ކިޔަމެވެ.