އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެއްބުރުން ކުލަގަދަ ޕެރޭޑު ކާމިޔާބު ކުރުމަށް މެމްބަރުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް މަރުހަބާ ކިޔައި ޝުކުރު އަދާކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ 8 ވަނަ އަހަރީ ދުވަސް މުނާސަބުކޮށް ބޭއްވި (26ޖޫން 2013-ބުދަ) ޕެރޭޑު އިންތިޒާމު ކުރުމުގައި ިހިއްވަރާއެކު ބުރަކޮށް މަސައްކަތް ކުރައްވާ، ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް މެމްބަރުންނާށާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާޢީދުކުރައްވާ ހުރިހާ ފަރާތްތަކަށާއި، މި ޕާޓީގެ ދާއިރާތަކާއ، ސެކްރެޓޭރިއަޓްއަށާއި، މި ޕާޓީގެ އެކި ކޮމިޓީތަކުގެ މެންބަރުންނަށާއި، ޒުވާނުންގެ ހިއްވަރަށާއި، އަންހެނުންގެ ރޫޙަށާއި، ގައުމީ މަޖިލީހުގެ މެންބަރުންނަށާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔަ ހަރަކާތައް އިންތިޒާމުކުރެއްވި އެންމެހާ ފަރާތްތަކަށާއި، އަދި ޕެރޭޑް ބެއްލެވި އެންމެހާ ފަރާތްތަކަށް މިފުރުސަތުގައި އިޙްލާސްތެރި ޝުކުރެއް އަދާ ކުރަމެވެ.

އެމްޑީޕީގެ 8 ވަނަ އަހަރީ ދުވަހާއި ގުޅިގެން އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެ މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ޕެރޭޑްގައި މީގެކުރިން މަގުމަތީ ހަރަކާތްތަކުގައި މީހުން ބައިވެރި ނުވާހާ ގިނަ އަދަދަކަށް މީހުން ބައިވެރިވެފައިވާކަން އެއީ ޕާޓީއަށް ތާއީދު އިތުރުވެފައިވާ މިންވަރު ދެނެގަނެވުނު ވަރަށް ފުރިހަމަ މިންގަޑެކެވެ. އަދި މިއީ މިއަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ޕާޓީއަށް ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.

އެމްޑީޕީގެ ފަރާތުން ބާއްވާ ކޮންމެ ހަރަކާތެއްގައިވެސް ޕާޓީގެ އެންމެހާ މެމްބަރުންނާއި ސަޕޯޓަރުންގެ ފަރާތުން މެދުކެނޑުމެއްނެތި ޕާޓީއަށް ކޮށްދޭ ޙިދުމަތް އެއީ މި ޕާޓީއިން އުފަލާއެކު ބަލައިގަނެ، މަރްޙަބާއާއެކު އިޙްލާސްތެރި ޝުކުރުއަދާ ކުރާކަމެކެވެ.