ތަހުނިޔާ: : އެމްޑީޕީގެ އުފާވެރި 8ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޗެއަރޕާސަންގެ މަރުޙަބާއާއި ތަހުނިޔާ

untitled-6316

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށާއި، އެންމެހާ ލޮބުވެތި މެންބަރުންނަށާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާޢީދުކުރައްވާ ހުރިހާ ފަރާތްތަކަށާއި، މި ޕާޓީގެ ދާއިރާތަކާއި، ގޮފިތަކާއި، ޕްރޮވިންސްތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނަށާއި، ސެކްރެޓޭރިއަޓްއަށާއި،، މި ޕާޓީގެ އެކި ކޮމިޓީތަކުގެ މެންބަރުންނަށާއި، ޒުވާނުންގެ ހިއްވަރަށާއި، އަންހެނުންގެ ރޫޙަށާއި، ގައުމީ މަޖިލީހުގެ މެންބަރުންނަށާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.

އަޅުގަނޑުގެ އުއްމީދަކީ މާތްﷲގެ ވާގިފުޅާއެކު 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންގެ މި ޕީޓީއަށް ކާމިޔާބު ލިބި، އެންމެހާ ދިވެހިރައްޔިތުންގެ އިންސާފަށާއި، މިނިވަންކަމާއި، ލާބަޔާއި މަންފާއަށް މި ޕާޓީއިން ކުރަމުންދާ މަސައްކަތައް ހުރަހެއްނެތި ކަންކަން ކުރުމުގެ ޤާބިލުކަން ލިބުމާއި، ދިވެހި ރައްޔިތުންނަކީ ފުދުންތެރި ރައްޔިތަކަށްވުމަށް ކުރާ ހިތްމަތުގައި އިތުރު ކާމިޔާބީ މިންވަރު ކުރައްވާނެ އަހަރަކަށް ވުމެވެ.

އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް އައިއިރު، ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް ފައްކާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ އިތުރުން މިނިވަންކަމަށްޓަކައި ގިރާކުރަން ޖެހިއްޖެ ކޮންމެ ހަރުފަތެއް ގިރާކުރުމުގެ ހިއްވަރާއި ފަންވަރު މި ޕާޓީގެ މެންބަރުންނަށާއި، މި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދު ކުރައްވާ ފަރާތްތަކަށާއި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް މިންވަރުކުރެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.