ނޫސް ބަޔާން

ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-010
ތާރީޚް: 30 ޖޫން 2009 (އަންގާރަ)

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ދެޕާޓީން އެއްބަސްވާކަމުގެ ލިޔުމެއްގައި މިއަދު ދެ ޕާޓީން ސޮއިކުރައްވައިފިއެވެ. އެމްޑީޕީގެ ފަރާތުން ސޮއި ކުރެއްވީ ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީއެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއި ކުރެއްވީ އައްޝައިހް ޙުސައިން ރަޝީދު އަހްމަދެވެ.
މި އެއްބަސްވުމުގެ މަޤްސަދަކީ ހިނގަމުންދާ ރިޔާސީ ދައުރުގައި ސަރުކާރު ވަރުގަދަކޮށް ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އިންސާފުވެރިކަމާއެކު ފުޅާ ދާއިރާއެއްގައި ފަހިކޮށްދިނުމަށް ބާރުއެޅުމެވެ.
މިގޮތުން ސަރުކާރު ހިންގުމުގައި މިހާރު އަދާލަތު ޕާޓީއަށް އޮތް ދައުރު އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ. މީގެ އިތުރުން، ސިޔާސީ ގޮތުން ދެޕާޓީގެ މެމްބަރުންނާއި ޢާންމު ރައްޔިތުންގެ ހޭލުންތެރި ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ފަދަ އިންތިޙާބުތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް