“އެއްބުރުން ކުލަގަދަ ޕެރޭޑް” އެމްޑީޕީގެ އަހަރީ ދުވަހުގެ ރޭ އޮންނާނެ

ލިޔުނީ: ޝަހީދާ

“އެއްބުރުން ކުލަގަދަ ޕެރޭޑް” ނަމުގައި ވަރަށް ކުލަގަދަ އުފާވެރި ޕެރޭޑެއް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް 8 އަހަރު ފުރޭ އަހަރީ ދުވަހުގެ ރޭ(26ޖޫން 2013-ބުދަ) އޮންނާނެއެވެ.

އެމްޑީޕިގެ އަހަރި ދުވަހުގެ ރޭ 9ޖަހާއިރު މާލޭގައި އުސްފަސްގަނޑުން އަދި ރަށްރަށުގެ ހަރުގެތަކުން ފެށޭ މި އުފާވެރި އަދި ކުލަގަދަ ޕެރޭޑްގައި އެމްޑީޕީގެ މެމްބަރުންނާއި ހެޔޮއެދިވަޑައިގަންނަވާ ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށާއި މި ޕެރޭޑް ބައްލަވައިލެއްވުމަށް މަގުތަކަށް ނިކުމެވަޑައިގަތުމަށް އެމްޑީޕީގެ ހުރިހާ ދާއިރާއަކުންނާއި، އަންހެނުންގެ ރޫހުން އަދި ޒުވާނުންގެ ހިތްވަރުގެ ހަރަކާތްތެރިން އެދެއެވެ.